މަނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ--- / -
ހަބަރު, ސިޔާސީ
މުއިއްޒު ސަރުކާރަކީ ރައްޔިތުން އެންމެ ފޫހިވާ ސަރުކާރު: އަހުމަދު ދީދީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 ޑިސެމްބަރު 2024
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން އެ ސަރުކާރެއް ދެކެ އެންމެ ފޫހިވި ސަރުކާރުގެ ގޮތުގައި ވަރަށް ގިނަ ރައްޔިތުން ދެކޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ދީދީ މިހެން ވިދާޅުވީ "އެސްއެސް ޓީވީ"ގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ނެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މި ސަރުކާރަކީ ވަރަށް ބޮޑަށް ފެއިލްވެފައިވާ ސަރުކާރެއް ކަމަށެވެ. ޑިމޮކްރަސީ ރާއްޖެ އައިސް ޕާޓީ ސިސްޓަމްގެ ތެރެއިން ރައްޔިތުން ވެރިއަކު ހޮވާ ގެންނަން ފެށި ހިސާބުން ފެށިގެން، އެއް އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ވަރަށް ބޮޑަށް ހާމަވެފައިވާ ކަމަށެވެ.

ހާއްސަކޮށް ވަރަށް ގިނަ ރައްޔިތުން ސޯޝަލް މީޑިއާގައި ޕޯލްތައް ވެސް އެބަ ނަގާ. ނަގާއިރު ވެސް ހަމަ ވަރަށް ބޮޑުތަނުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި މި ސަރުކާރާ ދޭތެރޭގަ ރައްޔިތުން ދެކޭ ގޮތް މީނީ ވަރަށް ބޮޑަށް ނެގެޓިވްކޮށް،

- އަހުމަދު ދީދީ

ދީދީ އިތުރަށް ވިދާޅުވީ މި ސަރުކާރު ވުޖޫދަށް އައީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން، ވަރަށް ގިނަ ބައެއްގެ އުންމީދާއި އިތުބާރާ ވެސް އެކު ކަމަށެވެ. ނަމަވެސް އަހަރެއް ފާއިތުވެގެން ދިޔައިރު ވައުދުތައް ނުފުއްދުމަކީ ރައްޔިތުން ސަރުކާރަށް "ޔޫ" ރިޕޯޓެއް ދޭންޖެހުނު ސަބަބުކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ރާއްޖޭގެ ރަށެއްގައި ތަރައްގީގެ މަސްރޫއެއް ނުފެށި ސިޔާސީ މަގާމު އިތުރުކޮށް ރައްޔިތުންނާއި ސީދާ ގުޅުން ހުރި ދާއިރާތަކުން ޓެކްސްތައް ބޮޑު ކުރަމުން އަންނާތީވެ އާންމުންގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި މިފަހުން ވަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލުމަށް ކާނިވާ ދޮށަށް އެތައް ހާސް ބަޔަކު އެއްވެ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved