March 19, 2026
Advertisement
ގްރީން ބިލްޑިންގައި ރޯވެފައި
ގްރީން ބިލްޑިންގައި ރޯވެފައި / އެމްއެންޑީއެފް

އަލިފާނުގެ ހާދިސާއާ ގުޅިގެން ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Dec 12, 2024, 02:24 PM
މާލެ ސިޓީ

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ އާ ތިމާވެއްޓާބެހޭ ވިޒާރާ ހުންނަ އިމާރާތުގައި އަލިފާން ރޯވުމާ ގުޅިގެން އާންމުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

Advertisement

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު މިހާރު ވަރަށް ބޮޑަށް ފެތުރިފައިވާތީ އާ ބޯ ދުންތައް ޖައްވުގެ ތެރެއަށް ދޫވެގެންދާތީ އާންމުން ސަމާލުކަން ދޭންވި ކަންތައްތައް ބަޔާންކޮށް އެޗްޕީއޭއިން ވަނީ ބަޔާނެއް ނެރެފައެވެ.

ސަމާލުކަން ދޭންވީ ކަންތައްތައް:

  1. ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުން
  2. ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުން
  3. ނޭވާލާ ނިޒާމް އަދި ހިތުގެ ބަލިތައް ހުންނަ ފަރާތަތްކަށް ދުނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ
  4. ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން
  5. ނޭވާ ކުރުވުން / ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯއްދަވާ

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ސަބަބުވެސް ސާފެއް ނުވާއިރު އަދިވެސް އަލިފާން ގަނޑު ކޮންޓްރޯލު ނުކުރެވޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved