ރައީސް މުއިއްޒަކީ ދޮގުވެރިއެއްގެ ގޮތުގައި މުޅި ދުނިޔެ އަށް މިހާރު ލޭބަލްވެފައި ކަމަށް ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓުން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަމުން ހަސަން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަކީ ދޮގުވެރިއެއްގެ ގޮތުގައި މުޅި ދުނިޔެ އަށާއި ރާއްޖެ އަށް މިހާރު ވަނީ ލޭބަލްވެފަ އެވެ. ރައީސް މުއިއްޒު ވާހަކަފުޅުތައް ވިދާޅުވަނީ ގަސްދުގައި އިތުރުފުޅުތައް ހެއްދެވުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެން ހުންނެވި އާލާސްކަންފުޅެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މިބަލިން ސަލާތް ވުމަކީ މަލާމާތްކޮށްގެން ވާނެ ކަމެއް ނޫންކަމަށާއި ޖެހޭނީ ބައްޔަށް ރައީސް މުއިއްޒު އަވަހަށް ސީރިއަސްކޮށް ފަރުވާ ހޯއްދަވަން ކަމަށެވެ.
ހަސަން ވިދާޅުވީ ރައީސް މުއިއްޒު ކުރައްވާފައި ހުންނެވި ކަންކަމުގެ ސަބަބުން އެމަނިކުފާނު ފާހަގަކުރެވެނީ ވަރަށް "ކަޓު" ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
އަދި ކަންކަމުން ސަލާމަތް ނުވާން ފެށުމުން ދޮގު ހެދުމަކީ ވަރަށް ކުރީ ޒަމާނުގައި މީހުންކޮށް އުޅުނު ކަމެއް ކަމަށާއި އެއީ ވަރަށް "ކަޓު" ކަމެއް ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
އެއީ ވަރަށް ނާތަހުޒީބު ކަމެއް. އެއީ އެއްގޮތަކަށް ވެސް މާ ގަދަ ކަމެއް ނޫން. ނަމަވެސް ރައީސް މުއިއްޒަށް މިހާރު ވެފައި ހުންނެވި ގޮތަކީ، އެހެރީ ވަރަށް ރަނގަޅަށް ސީދަލަށް ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައި ލޭބަލްވެ ވަޑައިގެން،
މުއިއްޒު ހައްދަވަމުން ގެންދަވާ ދޮގުގެ ދުރުމިން ބަލާލާއިރު މުއިއްޒުގެ ވެރިކަމުގެ "ކަޅު ދިގު އެއް އަހަރު" ފެންނަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައިވާތަނެވެ.
އަމިއްލަ އެދުމުން ފޯވެ ދައުލަތް އަމިއްލަ މިލްކަކަށް ހަދައިގެން އަނިޔާވެރި ޑިކްޓޭޓަރެއް ގައުމު ލޫޑުވާތަނެވެ. މިއަދު މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސްޓްރެޓަޖީ" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުމެވެ.
މިފަހުން ރައީސް މުއިއްޒުގެ ދޮގު ހެދުން އިތުރުވަމުންދާތީވެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލުމަށް ކާނިވާ ދޮށަށް އެތައް ހާސް ބަޔަކު އެއްވެ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވާފަ އެވެ.