February 27, 2026
Advertisement
ޑިމޮކްރެޓްސް ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --
ޑިމޮކްރެޓްސް ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- / ފޭސްބުކް

ޑިމޮކްރެޓްސްގެ ރައީސަކަށް އިންތި، ނައިބަކަށް ވައްޑޭ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 27, 2025, 04:33 AM
މާލެ ސިޓީ

ޑިމޮކްރެޓްސްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް އިމްތިޔާޒު ފަހުމީ އަދި ފިރިހެން ނައިބު ރައީސްގެ މަގާމަށް މުހައްމަދު ވަހީދު (ވައްޑެ) ހޮވުނުކަން މިރޭ އިއުލާނުކޮށްފި އެވެ.

Advertisement

ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މަޖިލިސް މެންބަރުންނާއި، އާންމު މެންބަރުން ބައިވެރިވެފައެވެ. އޮންލައިންކޮށް ވެސް ޖަލްސާގައި މެންބަރުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ހަސަން އަފީފު ހިމެނިވަޑައިގަންނަވަ އެވެ.

ރައީސްކަމުގެ މަގާމަށް އިންތި ކުރިމަތިލެއްވިއިރު 34 ވޯޓުން އެ މަގާމު އިންތި ވަނީ އެ މަގާމަށް މިރޭ ހޮވައި، އެ ކަން އިއުލާނުކޮށްފަ އެވެ. އަދި ނައިބު ރައީސަކަށް ވައްޑޭވަނީ ހޮވައިފަ އެވެ.

އެއާއެކު، ވަގުތީ ގޮތުން ރައީސްކަމުގައި ހުންނެވި ޕާޓީގެ ނައިބު ރައީސްގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފިރުޝާން ވަނީ ޖަލްސާގެ ރިޔާސަތު އިންތިއަށް ހަވާލުކުރައްވައިފަ އެވެ.

ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް މަދު ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ އެ ޕާޓީން ބޮނޑިބަތް ޕާކުގައި ޖަލްސާތަކެއް ބާއްވައި އަޑުއުފުލައިފައިވެ އެވެ.

ޑިމޮކްރެޓްސްއިން މި ފަހުން ހަސަން ލަތީފާއި ޝިފާޒުގެ އިތުރަށް ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރެއްވި އަލީ އާޒިމާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved