February 27, 2026
Advertisement
ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި / ސޯޝަލް މީޑިއާ

ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 21, 2025, 02:51 PM
މާލެ ސިޓީ

ދަ ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން، އެ މަގާމުތަކަށް މީހުން އައްޔަނު ކުރުމަށް ޓަކައި އަންނަ މަހު 15ގައި އިންތިހާބު ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

Advertisement

ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ ދެ މަޤާމުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވާ ޕާޓީ ދޫކުރުމުންނެވެ. މިކަމާއި ގުޅިގެން އެޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބާއްވާ އެ މަގާމުތަކަށް މީހުން އިންތިޙާބު ކުރުމަށް އިންތިހާބެއް 40 ދުވަހުތެރޭގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ޑިމޮކްރެޓްސް ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ޕާޓީގެ ރައީސާއި ފިރިހެން ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ އަންނަ މަހު 15ގައި އިންތިހާބު ބޭއްވުމަށް އެ ޕާޓީގެ ނޭޝަނަލް އެސެންބްލީއިން ނިންމާފައިވާ ކަމަށެވެ.

އަދި އެ މަގާމުތަކަށް ވާދަކުރުމަށް އެދޭ ޕާޓީގެ މެމްބަރުންނަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ޑިމޮކްރެޓްސްއިން ބުނީ، މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ވަގުތީ ލިސްޓު އާންމުކޮށް، އަންނަ ބުދައިގެ މެންދުރު 12:00އިން އަންނަ ބުރާސްފަތީގެ މެންދުރު 12:00އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.

އެ ޕާޓީން ބުނި ގޮތުގައި މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ދާއިމީ ލިސްޓު އިއުލާންކުރަން ކަނޑައެޅިފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގައެވެ.

މި އިންތިހާބުގައި ވާދަކުރުމަށް އެދޭ ޕާޓީގެ މެންބަރުން، އެ ކަމަށް އެދި ޕާސްޕޯޓު ސައިޒުގެ ފޮޓޯއަކާއި އައިޑީކާޑުގެ ސާފު ކޮޕީއަކާއެކު ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved