އިންތި / އެމްޑީޕީ
ހަބަރު
ޑިމޮކްރެޓްސްގެ ރައީސްކަމަށް އިންތި ވާދަކުރައްވަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
21 ޖެނުއަރީ 2025
މާލެ ސިޓީ

ދަ ޑިކޮމްރެޓްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް އެ ޕާޓިގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރިމަތިލައިފި އެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި ހަސަން ލަތީފް އިސްތިއުފާ ދެއްވުމަށްފަހު ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ. އަދި ނައިބު ރައީސްކަމުގެ މަގާމު ވެސް ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އިސްތިއުފާ ދެއްވައި، އެމްޑީޕީއަށް ސޮއި ކުރެއްވުމުންނެވެ.

ޕާޓީގެ ވަގުތީ ރައީސަކަށް މިވަގުތު ހުންނެވީ އެ ޕާޓީގެ ނައިބު ރައީސް ހުސައިން ފިރުޝާނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދެ ދައުރަކު ކުރައްވާފައިވާ އިމްތިޔާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް މިއަދު ފޯމު ހުށަހަޅުއްވާ ކަމަށެވެ. އޭނާ ވަނީ އެންމެހާ ޑިމޮކްރެޓުން އޭނާއަށް ސަޕޯޓުކޮށްދިނުމަށް އެދިފަ އެވެ.

ޑިމޮކްރެޓްސްގެ ރައީސާއި ފިރިހެން ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ އަންނަ މަހު 15ގައި އިންތިޚާބު ބޭއްވުމަށް އެ ޕާޓީގެ ނޭޝަނަލް އެސެންބްލީއިން ވަނީ ނިންމާފަ އެވެ.

ޑިމޮކްރެޓްސް އިން ރޭ ކުރި އިއުލާނެއްގައި ބުނީ ރައީސް އަދި ނައިބް ރައީސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އެ ދެ މަގާމަށް ކުރިމަތިލާން ބޭނުންވާ މެންބަރުން މިހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved