'ބޮޑުނަގުލަށް ނުވެ، ކޮޅަކު ޖެހޭނެ ގޮތަށް' ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައިވޭ. / ސޯޝަލް މީޑިއާ
ހަބަރު
"ބޮޑުނަގުލަށް ނުވެ، ކޮޅަކު ޖެހޭނެ ގޮތަށް" ކަރަންޓު ތަހުގީގުކުރިއަށް ގެންދިއުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
01 ޖޫން 2025
މާލެ ސިޓީ

"ބޮޑުނަގުލަށް ނުވެ، ކޮޅަކު ޖެހޭނެ ގޮތަށް" ކަރަންޓު ތަހުގީގުކުރިއަށް ގެންދިއުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.

އެ ޕާޓީއިން މިފަދައިން ގޮވާލާފައިވަނީ، އާދިއްތަ ދުވަހު މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލައާގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވަނީ، ކަރަންޓު ކެނޑި، އެތައް އިރެއް ވަންދެން ޚިދުމަތް ނުލިބި އޮތުމުން އާންމުންނާއި ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށާއި އެކަމުގައި ޒިންމާވާ ބަޔަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖޭފެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅެނީ މާލެގައި ކަމަށްވާއިރު، އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް ކަރަންޓާ ގުޅިފައި އޮތް ކަމަށާއި ދުރާލާ އެންގުމެއް ނެތި މުޅި ސަރަހައްދުން ކަރަންޓު ދިއުމުން ކަންބޮޑުޗުން ފާޅުކޯށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފައިވާއިރު، އެކަން ހަގީގީ މާނައިގައި ފުރިހަމަ ކޮށް، 'ބޮޑުނަގުލަށް ނުވެ، ކޮޅަކު ޖެހޭނެ ގޮތަށް' ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ އިތުރުން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށާއި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި، ފިޔަވަޅު އެޅުމަށާއި ރަށްވެހިކަމުގެ އަސާސީ ހިދުމަތްތައް ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު ބެލެހެއްޓުމަށް ފުލުހުންނާއި ޔުޓިލީޓީ ކުންފުނިތަކާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ސަރުކާރާއި އެހެނިހެން ސްޓޭކްހޯލްޑަރުންނަށް ބަޔާޏުގައި ގޮވާލާފައިވެއެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު 12:35 ހާއިރެވެ. އޭގެފަހުން، ހަ ގަޑިއިރެއްހާއިރު ފަހުން ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭ ވަރުވީ، 18:30 ހާއިރެވެ.


ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މާލެ އިންޓާކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved