February 26, 2026
Advertisement
މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ފިރުޝާން
މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ފިރުޝާން / ޕީއެސްއެމް

ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން އިންތިހާބުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 14, 2025, 04:50 PM
މާލެ ސިޓީ

ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ކަމަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ފިރުޝާން އިންތިހާބުކޮށްފި އެވެ.

Advertisement

އެ ޕާޓީން ރޭ ބޭއްވި ޕާޓީގެ ނެޝަނަލް އެސެމްބްލީގައި ވަގުތީ ރައީސްގެ މަގާމަށް ފިރުޝާންއާ ވާދަކުރީ އެ ޕާޓީގެ ނައިބު ރައީސް އައިޝަތު އަލައިކާ އަދުނާން އެވެ.

ނެޝަނަލް އެސެމްބްލީގައި 130 މެންބަރުން ތިބޭއިރު، ރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވޯޓުލީ 44 މެންބަރުންނެވެ.

ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސް އަކަށް ފިރުޝާން އިންތިހާބު ކުރަން 29 މެންބަރުން ވޯޓު ދިންއިރު އަލައިކާ އަށް ލިބުނީ 14 ވޯޓެވެ.

ޑިމޮކްރެޓުންގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމާ ވަގުތީ ގޮތުން ހަވާލުވާންޖެހޭނީ ޕާޓީގެ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ.

އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރައީސްގެ ޒިންމާއާ ހަވާލުވުމަށް ކުރިމަތިލެއްވީ ފިރުޝާންގެ އިތުރުން ނައިބް ރައީސްއެއްގެ ގޮތުގައި ހުންނެވި އަލައިކާ އަދުނާން އެވެ.

ދަ ޑިމޮކްރެޓްސްއަށް ވަގުތީ ރައީސެއް އިންތިހާބު ކުރީ، އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފު މަގާމުން އިސްތިއުފާ ދެއްވައި، އެމްޑީޕީ އާ ގުޅިވަޑައިގަތުމުން އެ މަގާމު ހުސްވުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved