April 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައިހަމްގެ ބަންދު ދަމަހައްޓައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 14, 2024, 04:40 AM
މާލެ ސިޓީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 18 އަހަރުގެ އަލީ އައިހަމްގެ ބަންދު ކޯޓުން ދަމަހައްޓައިފި އެވެ.

Advertisement

މި މައްސަލައާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ އައިހަމްގެ ބަންދުގެ މުއްދަތަށް އަނެއްކާވެސް 15 ދުވަސް ދީފަ އެވެ.

5 ކިލޯއަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހއ. ދިއްދޫ / ފާގަތިގެ، އަަހުމަދު ނަޞީރު (45އ)، ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) އަދި ރޮހަމާން، ބަނގްލަދޭޝް (29އ) އެވެ.

ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 5 ކިލޯ 936 ގްރާމެވެ.

މި މައްސަލައިގައި ހައްޔަރުކުރި އަަޙްމަދު ނަޞީރު ފަހުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

އައިހަމްގެ ބަންދުގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތާއި ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved