March 11, 2026
Advertisement
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު / އެސްޓީއޯ

ކާޑާއި ބޭސް ހޯދަން ސަރުކާރު ގެރެންޓީއާއެކު އެސްޓީއޯއިން ބޮޑު ލޯނެއް ނަގައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 14, 2024, 03:40 PM
މާލެ ސިޓީ

އެސްޓީއޯއިން ދައުލަތުގެ ގެރެންޓީގައި ނަގާފަައިވާ ލޯނުތަކުގެ އަދަދު ހަތަރަކަށް އަރައި އެފަދައިން ނެގި ލޯނުތަކުގެ ފައިސާގެ އަދަދު 319 މިލިއަން ޑޮލަރަށް އަރައިފި އެވެ.

Advertisement

މިކަން ހާމަވީ ބުރާސްފަތިދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން މި ލޯނުގެ ތަފުސީލުތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށް ފޮނުވި ސިޓީން ބައެއް ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު އިއްވެވުމުންނެވެ.

ކޮމިޓީ ފައްޓަވަމުން ސަލީމުވަނީ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއާ ހަވާލާ ދެއްވައި އެސްޓީއޯއިން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނެއް އެސްޓީއޯއިން ނަގާފައިވާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މިންވަަރަށް ވިދާޅުވެވުމާއެކު މައިކް ކަނޑައިލުމާ ގުޅިގެން އިތުރު ތަފުސީލެއް އަޑުނީވެ އެވެ.

އެސްޓީއޯއިން ނެގި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 13.13 ޕަސެންޓު ކަމަށްވާއިރު ލޯނުގެ މެޗޫރިޓީއަކީ ތިން އަހަރެވެ. ދެ އަހަރާއި ބައި ފާއިތުވުމުން 25 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު ބާކީ ދައްކަން ޖެހެނީ ތިންވަނަ އަހަރު އެވެ.

ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީއަށް ފޮނުވި މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ލޯނު ނަގާފައިވަނީ އެ ކުންފުނިން އެތެރެކުރާ ބޭހާއި, ކާޑުގެ ބާވަތްތަކާއި އެ ނޫންވެސް ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ.

މި ލޯނު އެސްޓީއޯއިން ނަގަނީ އެމެރިކާގެ ޕްރައިވެޓް ކްރެޑިޓަރެއް ކަމަށްވާ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ އިންކް) އިންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved