April 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުރިން ބުނި އެތި ކެންސަލް ކޮށް، ވޭޕް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ އަލުން ނުދޭނެބާ؟

Aminath Zara
އައިމިނަތު ޒާރާ
Dec 14, 2024, 07:54 PM
މާލެ ސިޓީ

ވޭޕާއި ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލާ އެކު މިރޭ 12:00 އަށް ވޭޕް ބޭނުން ކުރުމުގެ ސުންގަޑި ހަމަވާނެއެވެ.

Advertisement

މި ސަރުކާރަކީ އެއް ފަހަރު ނިންމާ ނިންމުމެއް ގިނަ އިރުތަކެއް ނުވަތަ ދުވަސްތަކެއް ނުވަނީސް ކެންސަލް ކުރުމުގެ ރިކޯޑް ހަދަމުންދާ ސަރުކާރެއް ކަމާއިމެދު އެއްވެސް ޝައްކެތް ނެތެވެ.

ވޭޕް ބޭނުން ކުރުމާއި ވޭޕް ވިއްކުމުގެ ސުންގަޑި މިރެއަށް ހަމަވެގެންދާއިރު، ސަރުކާރުން އުނބަށް ޖެހި ކުރިން ބުނި އެތި ކެންސަލް ކުރުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

2010 ވަނަ އަހަރު އެކުލަވާލާފައިވާ ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މިރެއިން ފެށިގެން މަނާވެގެން ދާނެއެވެ.

މިގޮތުން، މިރޭ 12 އިން ފެށިގެން ހިލޭ ބޭނުން ކުރުމަށް ވިޔަސް ވޭޕެއް މީހަކަށް ދީފިކަމުގައިވާ ނަމަ އެމީހަކު 10000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް މި އިސްލާހުގައި ބުނެފައިވެއެވެ. އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5000 ރުފިޔާއިން ޖޫރިމަނާވެގެން ދާނެއެވެ.

ވޭޕު ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ

މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.

ވޭޕް މަނާ ކުރަން ނިންމި ނިންމުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބޭނުމަކީ ކުޑަކުދިން މަސްތުވުމުން ދުރުވުން ކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމުގެ ފަހަތުގައި ރައީސް މުއިއްޒުގެ އާއިލީ ކުއްޖެއްގެ ދަބަހުން ވޭޕްގެ އާލާތްތައް ފެނުމުން ކަމަށްވެއެވެ.

ގޭތެރޭގެ މަސްލަހަތު ނުބެލި އޭގެ އަސަރު މުޅި ގައުމަށް ކުރުވުމަކީ އެއްވެސް އިންސާފުވެރި ގޮތެއް ކަމުގައި ބަލައިނުގަނެވޭކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved