މާލޭގެ އެކި ތަންތަނުގައި ރޭ ތިން މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޭ މާރާމާރީ ހިންގާފައި ވަނީ މާފަންނު މުނިޔާމަގުގައި ހުންނަ ޑިޕަބްލިކް ކެފޭ ތެރޭގައި އާއި ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި ހުންނަ ކިންޒާ ކެފޭ ކުރިމަތީގަ އާއި ހެންވޭރު ފިލިގަސް މަގުގައި ހުންނަ ނޫރު މިސްކިތް ކައިރީގައި ކަމަށެވެ.
ކިންޒާ ކުރިމަތީގައި މާރާމާރީ ހިންގީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.
އޭގެތެރެއިން އެއްވެސް މާރާމާރީއެއްގައި މީހަކު ޒަހަމުވީކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.
މި މައްސަލަތަކުގައި މީހަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް ފުލުހުން ނުދެ އެވެ.