March 19, 2026
Advertisement
އިންތިޚާބަށްފަހު ނަތީޖާ އިއުލާން ކުރަނީ
އިންތިޚާބަށްފަހު ނަތީޖާ އިއުލާން ކުރަނީ / ޕީއެސްއެމް

މަޖިލިސް އިންތިހާބު ފަސްކުރަން ހުށަހެޅި ބިލު ކޮމިޓީއަށް ފޮނުވައިފި

Aishath Naja
އައިޝަތު ނަޖާ
Feb 6, 2024, 07:19 PM
މާލެ ސިޓީ

20 ވަަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން، އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ކޮމިޓީ އަށް ފޮނުވަން ފާސްކޮށްފި އެވެ.


ރައްޔިތުންގެ މަޖިލސް މި ދައުރުގެ ޖަަލްސާތައް ފެށުމާއިއެކު އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި އިސްލާހުގައި އެދިފައިވަނީ އިންތިހާބުތަކާއި ބެހޭ ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް އިތުރުކުރުމަށެވެ.

ގާނޫނަށް ގެންނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާއި ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސްް ނިމި 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފައެވެ.

ބިލާއިމެދު ވާހަކަ ދެއްކެވި ގިނަ މެމްބަރުން ބިލަށް ތާއިދުކޮށް ވާހަކަ ދެއްކެވި ނަމަވެސް ޕީއެންސީގެ ފަރާތުން ވާހަކަދެއްކެވި މެމްބަރުން ކަނޑައެޅިގެން ބިލަށް ތާއީދުކުރާކަން ހާމަކޮށްފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

ބިލް ކޮމެޓީއަށް ފޮނުވަން ފެނޭތޯ ބެލުމަށް ނެގުނު ވޯޓުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ހިމެނިލައްވާ މެމްބަރުން ވޯޓްދެއްވާފައި ވަނީ ބިލް ކޮމެޓީއަށް ފޮނުވަން ނުފެންނަ ކަމަށެވެ.

މަޖިލިހުގައި ނެގުނު ވޯޓުގައި ކޮމެޓީއަށް ބިލް ފޮނުވުމަށް 39 މެމްބަރުން ވޯޓްދެއްވިއިރު ނުފެންނަ ކަމަށް 11 މެމްބަރަކު ވޯޓްދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved