March 13, 2026
Advertisement
ރައީސް ޑރ. މުއިއްޒު
ރައީސް ޑރ. މުއިއްޒު / ތޭރަގްރެފިކްސް

ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާ، ސަރުކާރުން ގައުމު އިނދަ ޖައްސާލައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 16, 2024, 01:45 AM
މާލެ ސިޓީ

އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެ ކަމަށާއި 2027 ގައި އަނެއްކާވެސް ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

މިގޮތުން، ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާލާ ގައުމު އިނދަ ޖައްސާލާފައިވާ ކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިއެ އަތޮޅު މަހިބަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މިފަދައިން ރައީސް ވިދާޅުވުމުން، ރަށްރަށަށް ވަޑައިގަތަސް އެރަށަކަށް ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އާންމުން އަންނަނީ ނުރުހުން ފާޅުކޮށް ޕޯސްޓް ކުރަމުންނެވެ.

މުއިއްޒު ވެރިކަމާއި ހަވާލުވި ފަހުން ރައްޔިތުންނަށް ތަކުލީފާއި ނިކަމެތިކަން ނޫނީ ނުލިބޭކަން ފާހަގަކުރެވިފައިވެެއެވެ.

މިގޮތުން، ރައްޔިތުންގެ ލުއި ފަސޭހަވާގޮތަށް ބައްޓަންކޮށްފައިވާ އުސޫލުތަކަށް ބޮޑެތި ބަދަލުތައް ގެނެސް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވަނީ ނުކުޅެދިފައެވެ.

ރައީސް މުއިއްޒު ކުރައްވަމުންދާ ދަތުރުތަކަކީ ސަރުކާރަށް އޮތް ތާއީދު ގެއްލެމުންދާތީ އެކަން ފޫބެއްދުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތް ކަމަށްވެސް އާންމުން އަންނަނީ ބުނަމުންނެވެ. މުއިއްޒުގެ އަސްލު ސޫރަ ރައްޔިތުންނަށް ފާޅުވުމުން މުއިއްޒަށް ވޯޓު ދެއްވި އެންމެންވެސް ވަނީ އެކަމާމެދު ހިތާމަކުރާކަން ފާހަގަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved