ރާއްޖޭގައި ދިރިއުޅެމުންދާ ފްރާންސްގެ މުސްލިމު އާއިލާއެއް ޑިޕޯޓުކުރާތީ ސޯޝަލް މީޑިޔާ ހޫނު ވެއްޖެއެވެ.
ރާއްޖޭގައި ވިސާނެތި ބާރަ ވަރަކަށް އަހަރު އުޅެމުންދިޔަ އެ އާއިލާ ފުރުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވަނީ މިއަދުގެ އިރާކޮޅުގެ ވަގުތެއްގައެވެ.
ދެމަފިރިޔަކާއި އެ މީހުންގެ ފަސް ކުދިން ތ. ވޭމަންޑޫގައި ދިރިއުޅުމެންދާ ވާހަކަ ތިލަވެ އެކަމާ ގުޅިގެން އެކި ގޮތްގޮތަށް އެކަމާ ޝުއޫރު ފާޅުކުރަމުން ގެންދަން ފެށިއެވެ. އެގޮތުން ފްރާންސަށް ނިސްބަތްވާ އެ އާއިޅާއަކި އިސްލާމްދީނު ގަބޫލުކޮށް ފްރާންސްގެ އަނިޔާވެރިންގެ ކިބައިން ރައްކާތެރިވުމަށް ރާއްޖެއަށް ހިޖުރަ ކުރި ބައެއް ކަމަށާ އެފަދަ ބަޔަކު މުސްލިމުންގެ އަދުއްވުންތަކެއްގެ އަތް މައްޗަށް ދޫކޮށްލަން 100 އިން 100 މުސްލިމު ގައުމެއްގެ ވެރިން މަސައްކަތްކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިޔާގެ އެކި ޕްލެޓު ފޯމުތަކުގައި ޝުއޫރުފާޅުކުރަމުން ގެންދެއެވެ.
މީގެ އިތުރުން އެފަދަ މީހުންނަށް ޚާއްސަ ވިސާ ނުވަތަ ސްޕެޝަލް ވީޒާ ދޭން ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 17 ވަނަ މާއްދާއިން ޖާގަ ދޭކަން ހާމަކޮށްވެސް ޝުއޫރުފާޅުކޮށްފައިވެއެވެ.
މީގެ އިތުރުން އެ އާއިލާއަށް އުފަންވެފައި ތިބި ކުދިންނަކީ ދިވެހިރާއްޖެއަށް އުފަން ދިވެހި ބަހުންވާހަކަ ދައްކާ މުސްލިމު ކުދިންތަކެއް ކަމަށަ އެފަދަ ޟައީފު ކުދިންތަކެއް ހަރުބީ ކާފަރުންނާ ހަވާލުކުރުމަކީ ހަރާމް ނުވަތަ ބޮޑު ފާފައަކަށްވެސް ވެދާނެކަމަށް ބުނެ ވެސް ޝުއޫރު ފާލުކުރަމުން ދެއެވެ.
މިކަމާ ގުޅިގެން އިސްލާމިކު މިނިސްޓަރުގެ ބބަހެއް ހޯދާލަން ކުރި މަސައްކަތް ވަނި ކާމިޔާބުވާ ގޮތް ނުވެފައެވެ. ނަމަވެސް އެ މީހުން ފުރަން ބޭނުންވާތީ އެކަމަށް ފެސިލިޓޭޓުކޮށްދެމުންދާ ކަމަށާ ނަމަވެސް އަދި ޑިޕީޓުކުރާނީ ތޯ ނޫންތޯ އަދި ނުނިންމާ ކަމަށްވެސް އިމިގްރޭޝަން ކޮންޓްރޯލަރ ވަނީ ވިދާޅުވެފައެވެ.