March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އަލިފާނުގެ ހާދިސާގައި "ގެއްލިގެން" އުޅޭ އެއްޗެއް އެއްވެސް މީހަކަށް ބުނެ ނުދެވޭ: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Dec 16, 2024, 02:57 PM
މާލެ ސިޓީ

2024 ޑިސެމްބަރު 14 ވަނަ ދުވަހު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ރޯވި އަލިފާނުގެ ހާދިސާގައި "ގެއްލިގެން" އުޅޭ އެއްޗެއް ބުނަން އެއްވެސް އިދާރާއަކުން އަދި ވުޒާރާއަކުން ބޭނުންނުވާ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޓީ ކައުންސިލްގެ މޭޔަރުންގެ ބޮޑެތި ކޮރަޕްޝަންތަކުގެ މައްސަލަތައް ޕީއެންއެފްގެ ޕޯޑިއަމްގައި އަބަދު ދައްކަމުންދާއިރު އަލިފާނުގެ ހާދިސާގައި މި ކޮރަޕްޝަންތަކާއި ގުޅުން ހުރި ލިޔުންތައްވެސް ނައްތާލެވިގެން ގޮސްފައިވާ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލް އަކީ ބޮޑެތި ބަޖެޓުތައް ދީގެން ހިންގާ ތަނަކަށްވާއިރު، އެއްވެސް ޒަމާނެއްގައި އޮޑިޓަރ ޖެނެރަލް އިން އެ އިދާރާ އޮޑިޓް ކޮށްފައިނުވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެއީ ރައްޔިތުންގެ ހައްގެއް ކަމަށާއި ރައްޔިތުންނަށް އެ އޮޑިޓް ލިބެންޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެއްވެސް ޒަމާނެއްގައި އޮޑިޓަރ ޖެނެރަލް އިން އެ އިދާރާ އޮޑިޓް ކޮށްފައިނުވޭ. އެއީ ރައްޔިތުންގެ ހައްގެއް. އެ އޮޑިޓް ލިބެންޖެހޭނެ

ރައީސް ޔާމީން

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ ވަރަށް ގިން ލިޔުންތައް ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ރައީސް ޔާމީން ވަނީ އެއްވެސް ފަރާތަކަށް ގެއްލިގެން މިއުޅެނީ ކޮން ލިޔުމެއްތޯ ނުވަތަ ގެއްލިގެން އުޅޭ އެއްޗެއް ބުނެ ނުދެވޭ ކަމަށެވެ. މިއީ ރައްޔިތުންވެސް ވަރަށް ބޮޑަށް ސުވާލު އުފައްދަމުން ގެންދާ މައްސަލައެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާ ބޮޑު ހާދިސާއެއް ހިނގައިގެން ދިޔައިރު ދިވެހި ސިފައިންނާއި ފުލުހުންގެ އިދާރާއިންވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ބުނެ ނުދެވުނު އިރު، ތަހުގީގީ ފަންނުގެ ތަޖުރިބާކާރު ބޭފުޅުން ރާއްޖޭގައި ތިބެ ބޭރުގެ ފަރާތްތަކުގެ އެހީ ހޯދުމަކީ ސުވާލު އުފެދޭ ކަމެއް ކަމުގައިވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved