April 15, 2026
Advertisement
ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް ހޭންޑަލް ސަސްޕެންޑްކޮށްފި
ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް ހޭންޑަލް ސަސްޕެންޑްކޮށްފި / ފޭސްބުކް

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް ހޭންޑަލް ސަސްޕެންޑްކޮށްފި!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 16, 2024, 03:09 PM
މާލެ ސިޓީ

ކުރީގެ ޓުވިޓާ [އެކްސް] ގައި ކާކުކަން ނޭނގޭ ގޮތަށް ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކްސް ހޭންޑަލް އިން ސަސްޕެންޑުކޮށްފި އެވެ.

Advertisement

މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މި އެކައުންޓް ވަނީ ސަސްޕެންޑްކޮށްފައެވެ.

މި އެކައުންޓަކީ ސަރުކާރާއި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އަންނަ އެކައުންޓެކެވެ. ސަރުކާރުގެ ކޮރަޕްޝަންތައް ކަމަށް ބުނެ ބައެއް ލިޔެކިޔުންތައްވެސް އާއްމުކުރަމުން އަންނަ މި އެކައުންޓުން އަންނަނީ ބައެއް މީހުންގެ ޒާތީ ދިރިއުޅުމާއި ބެހޭ މައުލޫމާތުތައްވެސް އާއްމުކުރަމުންނެވެ.

މި ފަހަރު މި އެކައުންޓް ސަސްޕެންޑްކުރި ކީއްވެ ކަމެއް ނޭގެއެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް ހޭންޑަލް ހޯދުމަށްޓަކައި މި ސަރުކާރުން އަދި ކުރީ ސަރުކާރުން ވެސް ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ.

އެ އެކައުންޓު އެންމެ ފުރަތަމަ ބޭނުން ކުރަން ފެށިއިރު ގިނަ ބަޔަކު ތުހުމަތު ކުރީ އެއީ، ނަޝީދު އަޑީގައި ހުންނަވައިގެން ހިންގަވާ އެކައުންޓެއް ކަމުގަ އެވެ. ނަމަވެސް ނަޝީދު ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved