March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފްރާންސްގެ މުސްލިމު އާއިލާގެ ދިފާއުގައި އެއްވުމެއް ބާއްވަނީ

Aminath Zara
އައިމިނަތު ޒާރާ
Dec 16, 2024, 09:13 PM
މާލެ ސިޓީ

ރާއްޖޭގައި ދިރިއުޅެމުންދާ ފްރާންސްގެ މުސްލިމު އާއިލާއެއް ޑިޕޯޓުކުރާތީ އެކަމާއި މެދު ނުރުހުން ފާޅުކޮށް އެ އާއިލާގެ ދިފާއުގައި އެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މިއަދު ހަވީރު 16:30 ގައި އާޓިފިޝިއަލް ބީޗް ސަރަހައްދުގައި ބާއްވާ މި އެއްވުމަކީ ޔޫތް ފޮރ ޔުނިޓީގެ ނަމުގައި ދިވެހި ޒުވާނުން ހިންގަމުން އަންނަ ޖަމްއިއްޔާއަކުން އިސްނަގައިގެން ބާއްވާ އެއްވުމެކެވެ.

ރާއްޖޭގައި ވިސާނެތި ބާރަ ވަރަކަށް އަހަރު އުޅެމުންދިޔަ އެ އާއިލާ ފުރުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވަނީ އިއްޔެގެ އިރާކޮޅުގެ ވަގުތެއްގައެވެ.

މި އާއިލާއަކީ އިސްލާމްދީނު ގަބޫލުކޮށް ފްރާންސްގެ އަނިޔާވެރިންގެ ކިބައިން ރައްކާތެރިވުމަށް ރާއްޖެއަށް ހިޖުރަ ކުރި ބައެއް ކަމަށާ އެފަދަ ބަޔަކު މުސްލިމުންގެ އަދުއްވުންތަކެއްގެ އަތް މައްޗަށް ދޫކޮށްލަން 100 އިން 100 މުސްލިމު ގައުމެއްގެ ވެރިން މަސައްކަތްކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިޔާގެ އެކި ޕްލެޓު ފޯމުތަކުގައި އަންނަނީޝުއޫރުފާޅުކުރަމުންނެވެ.

މީގެ އިތުރުން އެ އާއިލާއަށް އުފަންވެފައި ތިބި ކުދިންނަކީ ދިވެހިރާއްޖެއަށް އުފަން ދިވެހި ބަހުންވާހަކަ ދައްކާ މުސްލިމު ކުދިންތަކެއް ކަމަށަ އެފަދަ ޟައީފު ކުދިންތަކެއް ހަރުބީ ކާފަރުންނާ ހަވާލުކުރުމަކީ ހަރާމް ނުވަތަ ބޮޑު ފާފައަކަށްވެސް ވެދާނެކަމަށް ބުނެ ވެސް ޝުއޫރު ފާލުކުރަމުން ދެއެވެ.

މި އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމަށް މި ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved