March 13, 2026
Advertisement
ރާޖު ކުމާރު ދަތުރުކުރަމުންދިޔަ ސީމެކްސް ބޯޓު --
ރާޖު ކުމާރު ދަތުރުކުރަމުންދިޔަ ސީމެކްސް ބޯޓު -- / ފޭސްބުކް

ކަނޑަށް ނޭޕާލު މީހަކު ގެއްލިގެން ހޯދަން ފަށައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 17, 2024, 04:16 PM
މާލެ ސިޓީ

އައްޑޫ ސިޓީއިން ފުރައިގެން މާލެއަށް ދަތުރުކުރި "ސީމެކްސް" ބޯޓުގެ ފަޅުވެރިއެއް ރޭގެ ވަގުތެއްގައި ގެއްލިގެން ހޯދަން ފަށައިފި އެވެ.

Advertisement

ފުލުހުން ދެންމެ ބުނީ އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި "ސީމެކްސް" ކިޔާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭގެ ވަގުތެއް ކަމަށެވެ.

ގެއްލިގެން ހޯދަނީ ނޭޕާލުގެ މީހެއް ކަމަށްވާ ރާޖް ކުމާރެވެ.

ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ގެއްލުނު މައްސަލަ ފުލުހުން ވެސް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިދުވަސްވަރު ގަދަވަޔާއެކު ވިއްސާރަކޮށް، ގުގުރުމާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެ އެވެ.

ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް ސަމާލުކަންދިނުމަށް އިސްކަންދޭން އެ އިދާރާއިން އިލްތިމާސްކުރެ އެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved