April 22, 2026
Advertisement
އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: އެކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: އެކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި / އޭސީސީ

އޭސީސީގެ ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 18, 2024, 04:44 AM
މާލެ ސިޓީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ހުސްވެފައިވާ މެންބަރު ކަމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

Advertisement

އޭސީސީގެ މެންބަރު ކަމަށް އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ނަމަވެސް އެ އިއުލާންގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައި ވަނިކޮށް މިއަދު އަލުން ވަނީ އޭސީސީގެ މެންބަރު ކަމަށް ހުޅުވާލާފަ އެވެ.

އޭސީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 31ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.

އޭސީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދެވެ.

ދެ މެންބަރުން އިސްތިއުފާ ދެއްވާފައިވަނީ ނުފޫޒު ފޯރުވުމާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ދެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

އޭސީސީގައި ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޯދަން އިއުލާނުކުރިއިރު، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލިީހުން ފާސްކުރި ދެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ވަނީ ތަސްދީގުކުރައްވައިފަ އެވެ.

ގާނޫނަށް މި ބަދަލު ގެނައީ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ ދެ ޕާޓީން ވެސް ބުނެފައި ވަނީ މި އިސްލާހުތަކާއެކު އޭސީސީ އާއި އީސީއަށް ނުފޫޒު ފޯރުވުމުގެ ބާރު ރައީސްއަށް ލިބޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved