 
             
        
     
             
                        ތ. މަޑިފުށީ މީހަކު ގެއްލިގެން ހޯދަން މިއަދު ފުލުހުން އިއުލާނުކޮށްފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ތ. މަޑިފުށި / ބޮންތި، ހަސަން ނިހާލު، (34އ) އެވެ.
ފުލުހުން ބުނީ ނިހާލު އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ވަނީ، ނިހާލުގެ މައުލޫމާތެއް ލިބިފައިވާ ނަމަ، 3322111އަށް ނުވަތަ ތ. މަޑިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9868475އަށް ގުޅައިގެން ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            