April 23, 2026
Advertisement
ކެފޭއަށް ވަދެ ގެއްލުން ދީ ބިރު ދެއްކި މައްސަލާގައި ހައްޔަރުކުރި ދެ މީހުން؛ ދެ މީހުންގެ ބަންދަށްވަނީ ފަސް ދުވަސް ޖަހާފައި --
ކެފޭއަށް ވަދެ ގެއްލުން ދީ ބިރު ދެއްކި މައްސަލާގައި ހައްޔަރުކުރި ދެ މީހުން؛ ދެ މީހުންގެ ބަންދަށްވަނީ ފަސް ދުވަސް ޖަހާފައި -- / ޕޮލިސް

ކެފޭއަކަށް ގެއްލުން ދިން ބަޔަކު ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 18, 2024, 04:59 PM
މާލެ ސިޓީ

މާލޭގެ ހަވީރީ ހިނގުމުގައި ހުންނަ ލެޓްސް ކޮފީ މޯލްޑިވްސް އަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Advertisement

ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ މޯލްޑިވްސް" އަށް މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރު ދައްކައި، މުދަލަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރީ ގއ. ދެއްވަދޫ
،ވައިލެޓްމާގޜ އަހުމަދު ތައުފީގު، 31، އާއި ބ. ތުޅާދޫ މީޒާން، އަސަދުﷲ ޚާތިމް، 44، އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved