April 15, 2026
Advertisement
ތުއްތު ކުއްޖާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ކ. ގުރައިދޫ ގެއަކުން
ތުއްތު ކުއްޖާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ކ. ގުރައިދޫ ގެއަކުން / ސޯޝަލް މީޑިއާ

ގޮތް ނޭނގޭ މަރަކުން ނިޔާވެފައި އޮތް ތުއްތު ކުއްޖާގެ އޮޓޮޕްސީ ހަދަން ފޮނުވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Dec 18, 2024, 07:40 PM
މާލެ ސިޓީ

ކ. ގުރައިދޫގައި ގޮތް ނޭނގޭ މަރަކުން ނިޔާވެފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ އޮޓޮޕްސީ ހަދަން ފޮނުވައިފިއެވެ.

Advertisement

4 މަހުގެ ތުއްތު ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި ފޮނުވަން ނިންމީ މަރުގައި ޝައްކުކުުރެވޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހަށިގަޑު ފޮނުވީ މިއަދު މެންދުރު 12:00ގެ ފްލައިޓުން އިންޑިއާއަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ގުރައިދޫގައި އެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހުކުރު ދުވަހުގެރޭ އެކުއްޖާގެ މައިންބަފައިން ދިރިއުޅެމުން ދިޔަ ގެއިން، އެރޭގެ ދަންވަރުގެ ވަގުތެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނިޔާވެފައި އޮތް އިރު ތުއްތުކުއްޖާގެ ނޭފަތުން ލޭ އައިސްފައި ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޮޓޮޕްސީ ހެދުމަށް ތުއްތު ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް މި ފޮނުވުނީ ފަސް ދުވަސްފަހުންއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved