March 19, 2026
Advertisement
މޫސުން ކުރިއަށް އޮތް 3 ދުވަހު ގޯސް ވާނެ
މޫސުން ކުރިއަށް އޮތް 3 ދުވަހު ގޯސް ވާނެ

ބުރާސްފަތި ދުވަހުން ފެށިގެން މޫސުން އިތުރަށް ގޯސްވާނެ: މެޓް

Mariyam Isaadha
މަރިޔަމް އިސާދާ
Dec 18, 2024, 11:20 PM
މާލެ ސިޓީ

ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

މެޓު އޮފީހުން ހާމަކުރާ ގޮތުގައި މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރުކަމުން މިދުވަސްވަރު ކޮޅިގަނޑު އުފެދުމުގެ ފުރުސަތު ބޮޑެވެ.

މިއާއެކު، މިހާރުކުރަމުންދާ ވިއްސާރައިގާ ކުރިއަށް އޮތް ހަތަރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށާއި މިދުވަސްތަކުގައި ވައިގަދަވެ، ކަނޑުގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މިދުވަސްވަރު ކަނޑުގަދަވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި ދެކުނާއި މެދުރާއްޖެތެރޭގެ އިތުރުން އުތުރުގެ ރަށްތަކަށްވެސް މޫސުން ކޮންމެވެސް ވަރަކަށް ގޯސްވާނެކަމަށް އެއިދާރާއިން ބުނެފައިވެއެވެ. ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.

މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ކަމަށް އެއިދާރާއިން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved