March 19, 2026
Advertisement
މަޖިލީހަކީ ދިމްޔާތު މަޖިލީހެއް އަދި އަދުރޭ މަޖިލީހެއްވެސް ނޫން: ރައީސް ޔާމީން
މަޖިލީހަކީ ދިމްޔާތު މަޖިލީހެއް އަދި އަދުރޭ މަޖިލީހެއްވެސް ނޫން: ރައީސް ޔާމީން / ސަން އޮންލައިން

މަޖިލީހަކީ ދިމްޔާތު މަޖިލީހެއް އަދި އަދުރޭ މަޖިލީހެއްވެސް ނޫން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 19, 2024, 10:48 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހަކީ ރައީސް މުހައްމަދު މުއިއްޒު މަޖިލީހެއް ވެސް ނޫން ކަމަށާ ދިމްޔާތު މަޖިލީހެއް އަދި މަޖިލިސް ރައީސް އަދުރޭގެ މަޖިލީހެއްވެސް ނޫން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ނުރުހުން އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަލްސާގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލިސްގެ ޕީއެންސީ މެމްބަރުންގެ އުސޫލާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށާ އެގޮތުން މަޖިލީހަށް ހޮވުނީ ޕީއެންސީއިން ކަމަށްވެފައި ސަރުކާރުން ކުރާ ގޯސް ކަންކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން އުޅޭ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލިދާނެތީ އަނގައިން ބުނަން ނުކެރި ތުން ފިއްތައިގެން ތިބޭކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެ މެމްބަރުން ވަފާދާރީ ވާން ޖެހޭނީ އެ މެމްބަރުންނަށް އިތުބާރުކޮށް މަޖިލީހަށް ހޮވައިދިން ރައްޔިތުންނަށް ކަމަށް ވިދާޅުވެފައެވެ.

މި މީހުން ކުރާ ވައްކަމާ މި މީހުންގެ ފަސާދައާ ކޮރަޕްޝަންގެ އަމަލުތަކާ ދެން ވެސް ގާނޫނާ ޚިލާފު، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަން، ރައްޔިތުންގެ މަސްލަހަތަށް ގެއްލުންވާނެ ބޮޑެތި ކަންކަން ކުރަން އޮތީމަ ޖަވާބުދާރީ ކުރުވަން ޖެހޭ ބަޔަކީ ރައްޔިތުންގެ މަޖިލިސް މެމްބަރުން. ރައްޔިތުން ހޮވީއަކީ މި ސަރުކާރުން ބުނާހާ ގޮތެއް ހަދާކަށް ނޫނޭ. ކީއްވެގެންތަ އޮޅުވާލަން އެ އުޅެނީ. ރައްޔިތުން އެމީހުންނަށް ބާރު ދިނީ، ރައްޔިތުންގެ އަޑު އުފުލާ ބަޔަކަށްވާން. އެތަނަކަށް ކިޔަނީ ރައްޔިތުންގެ މަޖިލީހޭ. އެއީ ދިމްޔާތު މަޖިީލހެއް ނޫނޭ. އެތަނަށް ކިޔަނީ އަބްދުއްރަހީމު މަޖިލީހެއް ނޫނޭ.

ރައީސް ޔާމީން

ނަމަވެސް އެކަން އޮންނަން ޖެހޭނީ އެ އުސޫލުން ނޫން ކަމަށާ ސަރުކާރު މަގުން ކައްސާލުމުން ހަމަ މަގަށް އަޅުވާ ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހުން ޖެހޭކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved