March 13, 2026
Advertisement
އެންސްޕާގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުރި ޝިއުނާ އަހުމަދު
އެންސްޕާގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުރި ޝިއުނާ އަހުމަދު / ސޯޝަލް މީޑިއާ

އެންސްޕާގެ ޑީސީއީއޯގެ މަގާމު އުވާލާ ޝިއުނާ މަގާމުން ވަކިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Dec 20, 2024, 03:49 AM
މާލެ ސިޓީ

އިޖުތިމާއި ސިއްހީ އިންޝުއަރެން ސްކީމާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެހެނިހެން ޕްރޮގްރާމުތައް ހިންގާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުރި ޝިއުނާ އަހުމަދު މަގާމުން ވަކިކޮށްފިއެވެ.

Advertisement

އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރުމަށް ފަހު ޑެޕިއުޓީ ސީއީއޯގެ މަގާމު ވަނީ އުވައިލާފައެވެ. ޝިއުނާ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައިނުވެއެވެ.

ޝިއުނާ މަގާމުން ވަކި ކުރި ދަނޑިވަޅަކީ ރައީސް މުއިއްޒު އަޑީގައި ހުންނަވައިގެން އުފެއްދި ކަމަށް އަޑު އަރާފައިވާ އެމްއެމްޓީވީ އާއި އެންސްޕާއާ ދެމެދު ވެވުނު ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން މަހަކަށް 580،000ރ. ގެ ރޭޓުން ކުލީގެ ގޮތުގައި އެމްއެމްޓީވީ ހިންގަން އެންސްޕާ އިން ޚަރަދު ކުރާގޮތައް، ޖުމްލަ 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހެދިކަން ފަޅާއަރާފައިވާ ދަނޑިވަޅެކެވެ. މި އެއްބަސްވުމުގެ މައުލޫމާތު އާންމު ވުމުން ކުއްލި ގޮތަކަށް އެންސްޕާ އިން އެ އެއްބަސްވުން އުވާލި ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved