April 28, 2026
Advertisement
ސައިކަލުގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަންނަ ވީޑިއޯގެ މަންޒަރެއް؛ ފޭރުނު މީހާ ވަނީ ހައްޔަރުކޮށްފައި.
ސައިކަލުގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަންނަ ވީޑިއޯގެ މަންޒަރެއް؛ ފޭރުނު މީހާ ވަނީ ހައްޔަރުކޮށްފައި. / އެމްވީކްރައިސިސް

އަންހެނެއްގެ ފަށެއް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 20, 2024, 07:36 PM
މާލެ ސިޓީ

މާލޭ އަލިކިލެގެފާނު މަގުގައި އިއްޔެ ސައިކަލް ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަތް ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

Advertisement

އެ މައްސަލައިގެ ތުހުމަތަށް އިއްޔެ ހަވީރު ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި، ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް، 30 އެވެ.

މި ހާދިސާގެ ވީޑިޔޯ ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ. އިއްޔެ ހިނގިކަމަށް ބުނާ ހާދިސާގައި އަންހެނަކު ދުއްވާފަައި ދަނިކޮށް ފަހަތުން އައި ސަކަލެއްގައި އިން ފިރިހެނަކު އޭނާގެ ކަރުގައި އޮތް ހާރެއް ޖަހައިގަންނަން އުޅޭ ތަން ފެނެ އެވެ.

ހެލްމެޓެއް އަޅައިގެން އިން ފިރިހެން މީހާއަށް ހާރު އަތުނުވުމުން ސައިކަލު މަޑުކޮށް، ސައިކަލުން ފައިބައިގެން ގޮސް އަންހެންމީހާގެ ކަރުން ހާރު ނަގަން އުޅޭ މަންޒަރު ވީޑިޔޯއިން ފެނެ އެވެ. އެމީހާ އަންހެންމީހާ ކައިރިއަށް އައުމުން ސައިކަލުން ފަައިބައިގެން އަންހެންމީހާ ދުވެ ފިލަން މަސައްކަތްކުރި އެވެ.

އެ ހިސާބުން އެތަނަށް މީހުން އައްވާން ފެށުމުން ފަށް ފޭރެން އުޅުނު މީހާ އެތަން ދޫކޮށް ސައިކަލުގައި ދެއެވެ. އޭނާއަށް އަންހެން މީހާގެ ފަށް އަތުލައިނުގަނެވެ އެވެ.

ފުލުހުން މިއަދު ބުނީ ފަށް ޖަހައިގަތް ކަމަށް ތުހުމަތު ކުރެވޭ އިސާމް މިހާރު ހައްުޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި، އޭނާ ދުއްވި ސައިކަލް ވެސް މައްސަލައިގެ ތަހުގީގަށް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved