March 1, 2026
Advertisement
ދަ ޑިމޮކްރެޓްސްގެ ވެރިން
ދަ ޑިމޮކްރެޓްސްގެ ވެރިން / ސޯޝަލް މީޑިއާ

ސަރުކާރު ހަމައަކަށް އަޅުވަން ޑިމްކޮރެޓްސް, ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 22, 2024, 04:05 AM
މާލެ ސިޓީ

ސަރުކާރު ހަމަމަގަށް އަޅުވައި ޒިންމާދާރުކުރުވުގެ މަސައްކަތް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން، މަސައްކަތް ކުރުމަށް އެއްބަސްވާ ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާ އެކު އެއްބަސްވެވޭ ހަމަތަކެއްގެ މަތިން މަސައްކަތްކުރުމަށް ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

Advertisement

އެ ޕާޓީން އެހެން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޑިމޮކްޓެސްއިން ބޭއްވި ނެޝަނަލް އެސެމްބްލީގެ 11 ވަނަ ބައްދަލުވުމުގައި ފާސްކުރި ގަރާރަކުންނެވެ.

އެ ގަރާރު ހުށަހަޅާފައި ވަނީ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އިން ތަރުތީބު ކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކޮށް، ދައުލަތުގެ މުވައްސަސާތައް ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް ލިބޭ ގޮތަށް ބަދަލުކޮށް، ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ކުއްލި ބޮޑެތި ބަދަލުތައް ގެނެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ދޮރުތައް ދަނީ ބަންދު ކުރަމުން،

ގަރާރުގައި ފާހަގަކުރި އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ޑިމޮކްރެކްޓްސް އަކީ އިދިިކޮޅުގައި އޮތް ޕާޓީއަކަށްވުމާ އެކު، މިހާރުގެ ސަރުކާރުން ގަސްތުގަ އާއި އިހުމާލުން ރައްޔިތުންނަށާއި ގައުމަށް ބޭއިންސާފުވެ ގެއްލުން ބޮޑު އެތައް ކަމެއް ތަކުރާރުކޮށް ކުރަމުން ގެންދާ ކަމަށެވެ.

ގާނޫނުއަސާސީއަށް މިފަހުން ގެނައި އިސްލާހަކާ އެކު، މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ ޕާޓީން ކަނޑާލައިގެން އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، މެންބަރުކަމުގެ މަގާމު ގެއްލޭނެ އެވެ.

އެ އިސްލާހާ ގުޅިގެން އިދިކޮޅު އެމްޑީޕީއިން 10 ޑިސެމްބަރުގައި ބޭއްވި ގައުމީ މަޖިލީހުގައި އެހެން ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރުމާއި އިތުރު ގިނަ ކަންކަން ހިމެނޭ ގަރާރެއް ވަނީ ފާާސްކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން އަންނަނީ މަޖިލީހުގެ އަގްލަބިއްޔަތު ބޭނުން ކޮށްގެން ޑިމޮކްރެޓިކް ހަމަތަކާއި ދީނީ އުސޫލުތަކާއި ހިލާފަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ދެކޮޅު ހަދަމުން ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved