February 20, 2026
Advertisement
ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު
ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު / ރައީސް އޮފިސް

ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގް އެޗްޑީއެފްސީގެ ބޯޑަށް އައްޔަންކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 22, 2024, 03:38 PM
މާލެ ސިޓީ

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑަށް އައްޔަން ކުރައްވައިފި އެވެ.

Advertisement

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބޯޑުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުން އެޗްޑީއެފްސީގެ ބޯޑަށް ޝަފީގް އައްޔަންކުރީ މި މަހުގެ 2 ގަ އެވެ. އޭނަ ކުރިން ވެސް އެ ކުންފުނީގައި މަސައްކަތް ކުރެއްވި އެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް ޝަފީގު ހުންނެވީ އެޗްޑީއެފްސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގަ އެވެ.

ޝަފީގު ފިނޭންސް މިނިސްޓަރު ކަމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ މިދިޔަ 30 ސެމްޓެމްބަރުގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved