February 22, 2026
Advertisement
އެޗްޑީސީ
އެޗްޑީސީ / ސޯޝަލް މީޑިއާ

އެޗްޑީސީއިން ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Dec 22, 2024, 08:33 PM
މާލެ ސިޓީ

ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުރަކަށް ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގަށް މަގުފަހި ކުރުމަށްޓަކައި ކަމަށްބުނެ އެ ކުންފުނީގެ މުވައްޒަފަންތަކެއް ވަކިކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގައި ދުވަސްވީ އިސް މުވައްޒަފުންތަކެއްވެސް ހިމެނޭހެން ވަކިކޮށްފައިވަނީ 15 މުވައްޒަފެކެވެ.

ވަކިކުރި މުވައްޒަފުންގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން ވެސް ހިމެނޭއިރު ބައެއް މުވައްޒަފުން މިހާރު ސަސްޕެންޑްވެސް ކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާތަނަށް ވަކިކުރި 15 މުވައްޒަފުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެންނަކީ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ވަރަށް ގާތް މީހުންނެވެ. އަދި އެ މީހުންގެ ސިޓީގައި އެޗްއާރު ޑިޕާޓުމަންޓުން ސޮއިކުރަން ދެކޮޅު ހެދުމުން ސިޓީތަކުގައި ސޮއިކޮށްފައިވަނީ ކުންފުނީ ބޯޑުގެ ޗެއަރމަން އަހުމަދު ނާސިފް (ޑީޑީ) ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ މައްސަލަތަކެއް މިދިޔަ ބުދަ ދުވަހު ފެންމަތިވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން ރޭ އިސްތިއުފާ ދެއްވި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އެ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި އޮއްވައި، ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved