ތުއްތު ކުއްޖާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ކ. ގުރައިދޫ ގެއަކުން / ސޯޝަލް މީޑިއާ
ހަބަރު
ނިޔާވެފައި އޮއްވާ ގުރައިދޫއިން ފެނުނު ތުއްތު ކުއްޖާގެ ހަށިގަޑު ވަޅުލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
22 ޑިސެމްބަރު 2024
މާލެ ސިޓީ

ނިޔާވެފައި އޮއްވާ ކ. ގުރައިދޫއިން ފެނުނު ތުއްތު ކުއްޖާގެ ހަށިގަޑު ވަޅުލައިފިއެވެ.

އުމުރުން އެންމެ ހަތަރު މަހުގެ އެ ކުއްޖާ ވަޅުލައިފައި ވަނީ މިއަދުގެ އަސްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައެވެ. އެ ކުއްޖާގެ ހަށިގަޑު ވަޅުލީ އޮޓޮޕްސީ ހަދަން އިންޑިއާއަށް ހަށިގަޑު ގެންދިއުމަށް ފަހު މާލެ ގެނެސްއެވެ.

ކުއްޖާ ނިޔާވީ މިމަހުގެ 13 ވީ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޮޓޮޕްސީ ހެދުމަށް ތުއްތު ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވީ އޭގެ ފަސް ދުވަސްފަހުންއެވެ.

ގުރައިދޫގައި ނިޔާވި އެ ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި ފޮނުވަން ނިންމީ މަރުގައި ޝައްކުކުުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނިޔާވެފައި އޮތް އިރު ތުއްތުކުއްޖާގެ ނޭފަތުން ލޭ އައިސްފައި ވާކަމަށް މައުލޫމާތު ލިބިފައި ކުރިން ވެއެވެ. ކުއްޖާ ނިޔާވެފައި އޮއްވާ ފެނުނީ ކުއްޖާގެ އާއިލާ ދިރިއުޅެމުން ދިޔަ ގެއިންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved