ފުވައްމުލަކު ކައިރިން ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ ސޯމާލިއާގެ ތިން މީހަކު ކޯސްޓްގާޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މި ޑިންގީ ފެނުނީ ފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ކަނޑުމަތިން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާ ބަޔަކު މިއަދު ފުވައްމުލަކަށް ގެނެސްފައިވާތީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިދިޔަ ޖޫން މަހު ވެސް ސޯމާލިއާ ތިން މީހުން ތިބި ޑިންގީއެއް ރާއްޖެއަށް ވަނީ ލައްގާފަ އެވެ.
ރާއްޖޭގެ އިރަށް އޮންނަ ސޯމާލިއާއިން، މީގެ ކުރިން ވެސް މިގޮތަށް ގިނަ ބަޔަކު ބެހިގެންނާއި ކަނޑުފޭރުމުގެ ނިޔަތުގައި ވެސް ރާއްޖޭގެ ސަރަހައްދަށް އައިސްފައިވެ އެވެ.
އިރުވައި މޫސުމާ ދިމާކޮށް ސޯމާލިއާގެ ކަނޑު ފޭރޭ މީހުންގެ ނުރައްކާ އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި ބޮޑުވެ އެވެ.