March 23, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

ކުރީގައި ރައީސް ޔާމީންގެ މައްސަލަ ލަސްވީ، މިހާރު ވެސް ވަކި އަވަހެއް ނުވޭ: ޑރ.ޖަމީލް

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 7, 2024, 02:58 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިސްތިއުނާފް، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުެ ސަރުކާރުންވެސް ލަސްވީ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ވަކި އަވަހެއް ނުވާ ކަމަށް ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދަިން ވިދާޅުވީ ރައީސް ޔާމީންގެ ޕާޓީން ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަދައްވަމުންނެވެ.

އެގޮތުން ޑރ.ޖަމީލް ވިދާޅުވީ، ކުރީ ސަރުކާރުން ރައީސް ޔާމީންގެ މައްސަލަ ލަސްކުރީ ކަމަށް ބުނާއިރު، މި މުއިއްޒުގެ ސަރުކާރުންވެސް ވަކީ އަވަސް ނުވާކަމަށެވެ.

ކުރީ ސަރުކާރުން ރައީސް ޔާމީންގެ މައްސަލަ ލަސްކުރީ. މި ސަރުކާރަކުންވެސް ވަކި އަވަހެއް ނުވޭ

ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހުމަދު

އިތުރަށް ޑރ.ޖަމީލް ވަނީ ރައީސް މުއިއްޒު، ރައީސް ޔާމީންގެ މައްސަލަ އަވަސްކުރުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާތީ ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް މުއިއްޒަކީ، ރައީސް ޔާމީންގެ އެންޑޯސްމެންޓާއެކު އެމަނިކުފާނުގެ ނަންފުޅު ވިއްކައިގެން ވެރިކަމަށް އައިސް ހުންނެވި ބޭފުޅެކެވެ. އަދި ރައީސް ޔާމިން މިނިވަން ކުރުމަކީ އެމަނިކުފާނު އެންމެ މުހިންމު ވައުދުކަމުގައިވި ވައުދު ނަމަވެސް އަދިވެސް އެކަމާއި ގުޅިގެން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved