May 1, 2026
Advertisement
ހިޔާގެ އެޕާޓްމަންޓުން މިފަހަރު ހައްޔަރުކުރި ހަތަރު މީހުން.
ހިޔާގެ އެޕާޓްމަންޓުން މިފަހަރު ހައްޔަރުކުރި ހަތަރު މީހުން. / ޕޮލިސް

ހިޔާ ފްލެޓަކުން ޑްރަގާ އެކު ބަޔަކު ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 24, 2024, 04:46 PM
މާލެ ސިޓީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

Advertisement

ފުލުހުން މިއަދު ބުނީ ޑްރަގް އެންފޯސްމެންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިޔާގެ H9-20-11 އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ އިދާރާގެ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް، 40 އާއި ގއ. ކޮލަމާފުށި، އޯޝަންބްލޫ، އަބްދުﷲ ހަސަން، 41 އާއި ހދ. ނޭކުރެންދޫ، އިރުދޭމާގެ، ހުސައިން ރިޔާޒު، 33 އަދި ގއ. ދާންދޫ، ވަލުތެރޭގެ، އަބްދުﷲ ޖަމީލު، 32 އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާ ފްލެޓްތަކުގައި ކުށުގެ ތަފާތު އަމަލުތައް ހިންގުން ވަރަށް ބޮޑަށް އާންމުވެ، އެފަދަ މައްސަލަތަކުގައި މި ފަހުން އެތައް ބަޔަކު ހައްޔަރުކޮށްފައިވާ އިރު، ދާދި ފަހުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ފްލެޓްތަކުގައި ކުށްކުރާ ނަމަ އެފަދަ ފްލެޓްތައް އަތުލާނެކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved