އަލީ ހުސެން ރައީސް މުއިއްޒު އަށް ؛ އިތުރުފުޅު ހައްދަވައިގެން އަބަދަކު ސަލާމަތެއް ނުވާނެ! / ސޯޝަލް މީޑިއާ
ސިޔާސީ
އަލީ ހުސެއިން ރައީސް މުއިއްޒު އަށް ؛ އިތުރުފުޅު ހައްދަވައިގެން އަބަދަކު ސަލާމަތެއް ނުވާނެ!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 ޑިސެމްބަރު 2024
މާލެ ސިޓީ

އިތުރުފުޅު ހައްދަވައިގެން އަބަދަކު ސަލާމަތެއް ނުވާނެ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ ތަކަކަށް ރައްދު ދެއްވައިފި އެވެ.

އެޗްޑީސީއާ ގުޅިގެން ފެންމަތިވެގެން އުޅޭ މައްސަލަތަކާ ގުޅިގެން ރައީސް އޮފީސް ބޭރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒުހޫރު ފޮނުވި ސިޓީއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެ ސިޓީ އެމަނިކުފާނަށް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް އެ ސިޓީ ރައީސް އޮފީހުން ބަލައިގެންފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް މި ހާރު ވަނީ އާންމުންނަށް ލިބިފައެވެ. ރައީސް އޮފީހުގެ ރަސްމީ ތަތްގަނޑު ޖަހާފައި އޮތް އެ ލިޔުމުގައި އޮތީ އެ ސީޓީ ގެނައި މީހަކީ ވެސް ޒުހޫރު ކަމަށެވެ. އެ ސިޓީ އެ އޮފީހުން ބަލައިގަތް ތާރީހަކީ ޖުލައި 1، އެވެ. އަދި އެ އޮފީހުން އެ ސިޓީއާ ހަވާލުވީ މުވައްޒަފު ކަމަށް އޮތީ އައިމިނަތު ނަފްޝާ، ކިޔާ މީހެކެވެ.

ރައީސްގެ މި ވާހަކަތަކަށް ރައްދު ދެއްވާ އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުގައި މަސައްކަތް ކުރާ މީހުންނަކީ ތިޔަވިދާޅުވާފަދަ ޒިިންމާދާރުކަން ކުޑަ ބައެއްނޫންކަން އޭނާ އަށް ވެސް އިނގޭ ކަމަށެވެ. އަދި ރައީސް އޮފީހުގެ މުވައްޒަފުން ދަންނަ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އިތުރުފުޅު ހައްދަވައިގެން އަބަދަކު ސަލާމަތެއް ނުވާނެ

- ގާނޫނީ ވަކީލު އަލީ ހުސެން

ޒުހޫރުގެ ސިޓީގެ މައްސަލަ ބޮޑުވީ، އެޗްޑީސީގައި ހުރި މައްސަލަތައް ރައީސްގެ ސަމާލުކަމަށް މީގެ ފަސް މަސް ކުރިން ގެނައި ނަމަވެސް ސޯޝަލް މީޑިއާގައި މިކަންތައް ހާމަވުމާ ހަމައަށް، ފަޒުލްއަށް އެއްވެސް ފިޔަވަަޅެއް އަޅާފައި ނުވާތީ އެވެ. މިކަމުގައި އިދިކޮޅާއީ އާންމުންގެ މީހުން ވެސް ތުހުމަތުކުރަނީ ރައީސް ވެސް ޒިންމަވާ ނަގަން ޖެހޭނެ ކަަމަށެވެ.

މި ތުހުމަތުތަކުން ބަރީއަވަމުން ރައީސް ވިދާޅުވީ، މިވަރުގެ ކަމެއް ހިނގާކަން ކުރިން އެނގިފައި އޮތް ނަމަ އެމަނިކުފާޏު ވައުދުވެފައިވާ ގޮތަށް ފިޔަވަޅު އެޅީސް ކަމަށެވެ. އަދި ކޮރަޕްޝަނުގެ އަމަލުތަކާއި ގަވާއިދު ހިލާފަށް ހިނގާ ކަންކަން ހުއްޓުވުމަށް ފަހަތަަކަށް ނުޖެހޭނެ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސްގެ އަމަލާއި ބަހުން މިހާރު ފެންނަ އަދި އަޑު އިވޭ ވާހަކަތަކަށް ބަލާއިރު ޒުހޫރުގެ ސިޓީއާއި ގުޅިގެން ރައީސް ދެއްކެވި ވާހަކަތައް ގަބޫލުކުރާނެ މީހަކު މިހާރު ނެތް ކަމަށް ކުރިން ރައީސް އޮފީހުގައި މަސައްކަތްކުރެއްވި ގިނަބަޔަކު އަންނަނީ ބުނަމުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved