
ހައުސިން މިނިސްޓަރު ކަމުގައި ހުރި އަލީ ހައިދަރު މަގާމުން ބަދަލުކުރިއިރުވެސް ފްލެޓު ލިސްޓު ނުނެރެވި އޮތުމުން، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އިސް ސަފުގައި މަސައްކަތްކުރައްވާ، މުހައްމަދު އަހުމަދު ވަހީދު (ވައްޑެ)ގެ ފާޑުކިޔުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
ވައްޑެގެ ފާޑުކިޔުން އަމާޒުކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވައްޑެ ވަނީ ފްލެޓު ލިސްޓު ނެރުމުގައި ޑރ ހައިދަރު ގެންގުޅުއްވި އެންމެ އަތް މަތީ ބަސް ކަމަށްވާ " ހަފްތާ ނިމުމުގެ ކުރިން" މި ބަސް ހަނދާނަށް ގެންނަވާ އެ ބަހާ އެކު އެކްސްގައި ޕޯސްޓުކުރައްވާ ފެލްޓު ލިސްޓަށް ދެން ވާނެ ގޮތާ މެދު ސުވާލު އުފައްދަވާފައެވެ.
އެގޮތުން ވައްޑެ ވިދާޅުވީ، ހަފްތާ ނިމުނުއިރު ފެނިގެން މިދިޔައީ ވަޒީރަށް އެދެވިގެންވާ މަސައްކަރެއް ނުކުރެވި އެ ވަޒީރުކަމާ ފެޔަށް ޖެހެން ކަމަށާ އަދި މިހާރު އައު ވަޒީރަކާ އެކަމާ ޖާމިނުކުރުމުން އަނެއްކާވެސް ފްލެޓު ލިސްޓު އިވެލުއޭޓުކުރުމުގެ ނަމުގައި ވަގުތައް ބޭކާރުކޮށް ފްލެޓު ލިސްޓު ނެރުން ލަސްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ ފާނެކަމާ މެދު ވެސް ވައްޑެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ވައްޑެ ވަނީ މިއީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޯށްދޭ ގޮތްތޯ އައްސަވާ ސަރުކާރަށް ސުވާލެއްވެސް އަމާޒުކުރައްވާފައެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރަށް އެއް އަހަރު ވެގެން ދިޔައިރުވެސް ގެދޮރުވެރިޔާ ފްލެޓުތައް ނުދީ ވަނީ ހިފަަހައްޓާފައެވެ. އެހެންކަމުން އެއީ ލިސްޓުތައް އިވެލުއޭޓުކުރުމުގެ ނަމުގައި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިމުގެ ހައްގަށް އަރައިގަތުމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.










