އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ(ކ) އާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު (ވ) / ސޯޝަލް މީޑިއާ
ހަބަރު
އާރުޑީސީގެ ކުރީގެ ވެރިންގެ އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ޑިސެމްބަރު 2024
މާލެ ސިޓީ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކައުންޓަކުން ބައެއް އާއްމުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، ހެކި ހޯދަން ކަމަށް ބުނެ، ރޭ މެންދަމު ތިން ގެއެއް ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި އެވެ.

ދިވެހި ފުލުހުންގެ ރޭ މެންދަމު ވަނީ މޫކޭގެ އިތުރުން އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަނަށް ނިސްބަތްވާ ދެ ތަނެއް ބަލާ ފާސްކޮށްފަ އެވެ.

ފުލުހުން ބުނީ އާރުޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައެއްގައި ތަހުގީގުގެ ބޭނުމަށް މޫސާ އަލިމަނިކު ދިރިއުޅޭ ތަނާއި ޔާސިރުއަށް ނިސްބަތްވާ ދެތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުން އިލެކްޓްރޯނިކް ސާމާނުތަކެއް ސީޒްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ވިދާޅުވި ނަމަވެސް ގެންދިޔަ ތަކެތީގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން މޫކޭއާއި އޭނާގެ އަނބިމީހާއާއި ޔާސިރުގެ އެޕާޓުމެންޓު ބަލައިފާސްކޮށްފައިވާނީ ފާއިތުވި ދައުރުގައި އާރްޑީސީގެ އެކައުންޓުން އޭނާގެ އަމިއްލަ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖޫރިމަނާކޮށް އެ ފައިސާ މަނީ ލޯންޑާކުރި ކަމުގެ ތުހުމަތުގަ އެވެ.

ފާއިތުވި ދައުރުގައި ފެންމަތިވި މި މައްސަލާގައި ފުލުހުން ތަހުގީގެއް ފެށީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން އެ މައްސަލަ ފެންމަތިކުރުމާ ގުޅިގެން އެ ދެ އިދާރާ ގުޅިގެން ކުރާ ތަހުގީގެއް ގޮތުގަ އެވެ.

މޫކޭ އާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަން މި ފެށީ ބިންވެރިޔާ ގޯތިތަކެއްގެ މައްސަލަ ފެންމަތިވުމާއި ގެދޮރުވެރިޔާ ލިސްޓު އިއުލާންނުކުރެވި އާންމުންގެ ޝަކުވާތައް ސަރުކާރަށް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން މި ސަރުކާރުކާރާއި ގުޅުންހުރި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތިލަވި ދުވަސް ވަރެއްގައި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ވެރިންނަށް ވައްކަމާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަންނަނީ ކުރަމުން ނެވެ. އެގޮތުން އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) ތެރެއިން ހިންގި ވައްކަމަކާއި އެޗްޑީސީގެ ތެރެއިން "ވަގަށް ގޯތި" ވިއްކި ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.

މި މައްސަލަތައް ފެންމަތިވީ ކޮރަޕްޝަންގެ ކަންކަން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved