March 19, 2026
Advertisement
އައިޖީއެމްއެޗް
އައިޖީއެމްއެޗް / ފޭސްބުކް

ފުލުސް ކާރުން ޖެހި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 27, 2024, 07:58 PM
މާލެ ސިޓީ

ހުޅުމާލޭ ފޭސް 2ގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

Advertisement

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ވެއްޓިފައި އޮތް މީހަކަށް ފުލުހުން އެހީތެރިވާއިރު، ފުލުހުންގެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި މީހާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ހާލު އިތުރަށް ސީރިއަސްވެ، މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތެއް ފުލުހުން އަދި ނުބުނެ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved