އެކްސިޑެންޓު ވި ފުލުހުންގެ ކާރާ ސައިކަލް / ސޯޝަލް މީޑިއާ
ހަބަރު
ފުލުހުންގެ ވެހިކަލެއްގައި ސައިކަލެއް ޖެހި، ދުއްވަން އިން ކުއްޖާ އައިސީޔޫގައި!
Mariyam Isaadha
މަރިޔަމް އިސާދާ
27 ޑިސެމްބަރު 2024
މާލެ ސިޓީ

މަގުމަތީގެ އަމަން ބަލަހައްޓަން ޖެހޭ، ފުލުހުންގެ ވެހިކަލަކުން ސައިކަލެއްގައި ޖެހި އެ ސައިކަލް ދުއްވަން އިން ކުއްޖާގެ ހާލު ސިރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލްއަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވަނި ރޭ މެންދަމުން އަލިވި ފަހުން ހުޅުމާލޭ ފޭސް 2 ގައެވެ.

މިކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމާ ހަމައަށް ފުލުހުން މިކަން ހާމަކޮށްފައިނުވެއެވެ. އެ ނޫސްވެރިޔާ މީސް މީޑިޔާ ޕޯސްޓަކާ އެކު އެއީ ކޮން އިރަކު ހިގި އެކްސިޑެންޓެއްތޯ ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގާފައިވަނީ، ރޭ ދަންވަރު 01:50 ހާއިރު ފޭސް 2 ގައި ކަމަށާ އެކްސިޑެންޓުގައި 18 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެ އެކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ވެސް ބުނެފައިވެއެވެ.

"ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންތު ހިންގަން މެދުވެރިވީ ގުލްއަލްމާ މަގު އިރުން ހުޅަނގަށް، ފުލުހުންގެ ވެހިކަލް ނިރޮޅު މަގު ހުރަސްކުރި ވަގުތު، ނިރޮޅު މަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލުގައި ޖެހިގެންނެވެ.

ސައިކަލް އިން ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖިއެމްއެޗަސް ގެނެސް ފަރުވާ ދޭން ފަށާ ހާލު އިތުރަށް ގޯސުވުމުން މިހާރުވަނީ އައިސީޔޫގައި އެޑްމިޓުކޮށް ވެންޓިލޭތަރުގައި ފަރުވާދޭން ފަށަފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީސް މީޑީޔާގަިއ ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ސައިކަލުގެ ބައިތައް ނެއްޓި މަގުމައްޗަށް ބުރާފައި ހުއްޓެވެ. އަދި ފުލުހުންގެ ކާރުގެ ކުރީ ކޮޅު ބޮނެޓު އޮތީ ކުދިކުދިވެ ނެއްޓިގެން ގޮސްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved