March 20, 2026
Advertisement
ރައީސް ޔާމީންއާ އަބްދުއްރަހީމު ޕީޕީއެމް ޕްރެސް އެއްގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމީންއާ އަބްދުއްރަހީމު ޕީޕީއެމް ޕްރެސް އެއްގައި ވާހަކަ ދައްކަވަނީ

ރައީސް ޔާމީންގެ މައްސަލަ އަވަސްކުރުމަށް ގޮވާލުމަށްދާން އެރުވި ދައުވަތު އަބްދުއްރަހީމު ބޮލާލާ ޖަހައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 8, 2024, 09:15 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަވަސްކުރުމަށް ގޮވާލުމަށާ އަދި އިންސާފު ހޯދައިދިނުމަށް ދާން ދިވެހި ސަރުކާރަށް އެރުވި ދައުވަތު ބޮލާލާ ޖަހާފައިވާކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ ރައީސް ޔާމީންގެ މައްސަލަ ލަސްވަމުންދާ ދިއުމާ ގުޅިގެން ހައިކޯޓަށް މައުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވުމަށްފަހު އެކަމުގެ މައުލޫމާތު މީޑިއާ އާ ހިއްސާކުރައްވަމުން ރައީސް ޔާމީންގެ ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު މަލީހު ޖަމާލްއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު ހުކުމް ލަސްވަމުންދާ ދިއުމުގެ ކަންބޮޑުވުންތަކާ އެކު އާއިލާއާ އަދި އެމަނިކުފާނުގެ ސަޕޯޓަރުންވަނީ އާދިއްތަ ދުވަހު ހައިކޯޓަށް ވަޑައިގެންފައެވެ. އެ ވަޑައިގަތުމަށް ސަރުކާރުގެ ބޭފުޅުންނަށް އަދި މީގެ ކުރިން ރައީސް ޔާމީންގެ ހައްގުގައި ކަމަށް ބުނެ އަޑު އުފުލި ބޭފުޅުންނަށް ދައުވަތު އަރުވާފައިވާނެތޯ ނޫސްވެރިއަކު އެހި ސުވާލަށް ޖަވާބު ދެއްވަމުން މަލީހު ވިދާޅުވީ މި ސަރުކާރުގެ ސްޕެޝަލް އެންވޯއީ ޓު ދަ ޕްރެޒިޑެންޓު އަބްދުއްރަހީމު އަބްދުﷲ އަށް އެ ދައުވަތު އެރުވިކަމަށެވެ. ނަމަވެސް އަބްދުއްރަހީމުގެ އެ މެސެޖަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވާކަމަށް މަލީހު ހާމަކުރެއްވިއެވެ.

އާދެ އަޅުޑު އިންނާނީ ރޭގަ އަބްދުއްރަހީމަށް ދައުވަތު ދީފަ މިތަނަށް ވަޑައިގަތުމަށްޓަކައި. އެއީ ރައީސް ޔާމީން މިނިވަންކުރުމުގެ ނަމުގަ ފާއިތުވި ތާނގާ އަބްދުއްރަހީމު ވަރަށް ބޮޑަށް ވަކާލާތުކުރެއްވި. އެހެންނަމަވެސް ވެރިކަމުގެ އެ ގޮނޑި ލިބުމާއެކު އަބްދުއްރަހީމު މުޅި އެއްކޮށް ސައިލެންޓުވެއްޖެ. އެއްވެސް ވާހަކައެއް ނުދައްކަވާ.ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އެއްވެސް ވާހަކައެއް ނުދައްކަވާ. އަބްދުއްރަހީމު އެކަންޏެއް ނޫން. މި ސަރުކާރުގަ ތިއްބެވި ގިނަ ބޭފުޅުން އެ ވާހަކައެއް ނުއެއް ދައްކަވާ. އެއީ އަޅުގަޑުމެންގެ ކަންބޮޑުވުމެއް.

މަލީހު

މަލީހު މިފަދައިން ހާމަކުރައްވާފައިވާއިރު އަބްދުއްރަހީމުގެ ބަހެއް މިކަމުގައި ލިބޭތޯ ކުރި މަސައްކަތްވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.، އެގޮތުން ޗެނަލް13އިން އެ ސުވާލު މެސެޖެއްގެ ގޮތުގައި ފޮނުވުމުންވެސް އަބްދުއްރަހީމު ވަނީ ސީން ޒޯނުގައި މެސެޖު ބައިންދާފައެވެ. މިއީ ރައީސް ޔާމީން ގުރުބާން ވަޑައިގެން ގެންނެވި ސަރުކާރަކަށް ވެފައި އަދުގެ ސަރުކާރުގެ ވެރިން އެމަނިކުފާނުގެ ދިފާއުގައި މިހާރު ބަސްފުޅު ވިދާޅުވަމުން ނުގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved