March 19, 2026
Advertisement
އެކްސިޑެންޓު ވި ފުލުހުންގެ ކާރާ ސައިކަލް
އެކްސިޑެންޓު ވި ފުލުހުންގެ ކާރާ ސައިކަލް / ސޯޝަލް މީޑިއާ

އެކްސިޑެންޓުގައި ފުލުސް އޮފިސަރުގެ އިހުމާލެއް އޮތްތޯ ބަލަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 28, 2024, 04:56 AM
މާލެ ސިޓީ

މި އެކްސިޑެންޓް ހިނގާފައިވަނީ ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ ކާރެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެންނެވެ.

Advertisement

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން މި މަހުގެ 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.

މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ އަރުވާފަ އެވެ.

މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށާ އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުންޏެވެ.

ރޭ ދަންވަރު، 01:50 ހާއިރު ހުޅުމާލެ ފޭސް ދޭއްގައި ހިނގާދިޔަ މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved