March 13, 2026
Advertisement
ޓޮޝިޔޫކީ އަޑާޗީ: ޅ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ވަނީ ނިޔާވެފައި
ޓޮޝިޔޫކީ އަޑާޗީ: ޅ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ވަނީ ނިޔާވެފައި / ސޯޝަލް މީޑިއާ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަޕާނުގެ މަޖިލިސް މެންބަރަކު ނިޔާވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 28, 2024, 06:58 PM
މާލެ ސިޓީ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަޕާނުގެ މަޖިލިސް މެންބަރަކު ނިޔާވެއްޖެ އެވެ.

Advertisement

ފުލުހުން ބުނީ ޅ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ޖަޕާނުގެ ފިރިހެން ފަތުރުވެރިޔަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮތް ކަމުގެ ރިޕޯޓު އިއްޔެ 08:33 ހާއިރު ލިބުނު ކަމަށެވެ.

ނަމަވެސް އެއީ ކާކުކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

އުމުރުން 70 އަހަރުގެ މަޖިލިސް މެންބަރު ރާއްޖޭގައި މަރުވެފައިވާ ކަމަށް ޖަޕާންގެ ބައެއް ނޫސްތަކުގައިވެސް ރިޕޯޓްކޮށްފައިވެ އެވެ.

ޓޮޝިޔުކި އަޑާޗި ނިސްބަތްވަނީ ޖަޕާންގައި ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށެވެ.

ޖަޕާންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ރާއްޖޭގައި މަރުވި މައްސަލައިގައި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved