ތޮއްޑޫ / ސޯޝަލް މީޑިއާ
ހަބަރު
ތޮއްޑޫގައި ބިދޭސީ އަންހެނަކަށް އަނިޔާކުރި މައްސަލައެއް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ޑިސެމްބަރު 2024
މާލެ ސިޓީ

އއ. ތޮއްޑޫގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ އަންހެނަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ފުލުހުން މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑް އަންހެނަކަށް އޭނާގެ ސްޕޮންސަރ އާނިޔާކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު 18:50 ހާއިރެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ހާމަނުކޮށް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެ މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved