އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ(ކ) އާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު (ވ) / ސޯޝަލް މީޑިއާ
ހަބަރު, ސިޔާސީ
މޫކޭ އާއި ޔާސިރު ފުރުން މަނާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ޑިސެމްބަރު 2024
މާލެ ސިޓީ

ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާއި ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު ހަސަން ފުރުން މަނާކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މޫކޭ އާއި ޔާސިރު ފުރުން މަނާ ކުރުމުގެ އަމުރު ނެރެ، އެކަން އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

އާރްޑީސީގެ ހިޔާނާތުގެ ތަހުގީގާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުން ވަނީ މޫކޭ ދިރިއުޅޭ ތަނާއި ޔާސިރަށް ނިސްބަތްވާ ދެ ތަނެއް ބަލައި ފާސްކޮށްފަ އެވެ. އެ ތަންތަން ބަލައި ފާސްކުރުމުގެ އިތުރަށް، އިލެކްޓްރޯނިކް ސާމާނުތައް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ފުލުހުން މިމައްސަލަ ބަލަން ފެށީ އާރްޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ޖަމާކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން އެންމެ ފުރަތަމަ އާރްޑީސީ އަށް ވަނީ މިދިޔަ ރިޔާސީ އިންތިހާބު ނިމުނު ފަހުން ނޮވެމްބަރު 14، 2023 ގައެވެ.

މޫކޭއާ ޔާސިރު ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައި މި ވަނީ ފެށީ ބިންވެރިޔާ ގޯތިތަކެއްގެ މައްސަލަ ފެންމަތިވުމާއި ގެދޮރުވެރިޔާ ލިސްޓު އިއުލާންނުކުރެވި އާންމުންގެ ޝަކުވާތައް ސަރުކާރަށް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން މި ސަރުކާރުކާރާއި ގުޅުންހުރި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތިލަވި ދުވަސް ވަރެއްގައި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ވެރިންނަށް ވައްކަމާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަންނަނީ ކުރަމުން ނެވެ. އެގޮތުން އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) ތެރެއިން ހިންގި ވައްކަމަކާއި އެޗްޑީސީގެ ތެރެއިން "ވަގަށް ގޯތި" ވިއްކި ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.

މި މައްސަލަތައް ފެންމަތިވީ ކޮރަޕްޝަންގެ ކަންކަން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved