March 18, 2026
Advertisement
ޑްރަގްސްތަކެއް - ފައިލް ފޮޓޯ
ޑްރަގްސްތަކެއް - ފައިލް ފޮޓޯ / ކަސްޓަމްސް

ތައިލޭންޑުން ރާއްޖެ އައި ދެ ދިވެހިން، ދެ ކިލޯގެ ޑްރަގާއެކު ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 29, 2024, 04:59 AM
މާލެ ސިޓީ

ތައިލެންޑުން ރާއްޖެ އައި ދެ ދިވެއްސެއްގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފަހައްޓައިފި އެވެ.

Advertisement

ކަސްޓަމްސް އިން ބުނީ، ޑްރަގާއެކު ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހު ރާއްޖެ އައި އުމުރުން 41 އަހަރާއި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

އެ ދެ މީހުންގެ އަމަލުތައް ހުރި ގޮތާމެދު ޝައްކު ވެގެން ފާސްކޮށް ބެލި ބެލުމުން ޑްރަގް ފެނިފައިވަނީ ހަށިގަނޑުގައި ޑްރަގް ރައްކާކޮށްފައި ހުއްޓާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ޕެކިންއާ އެކު އެ ތަކެތީގެ ބަރުދަނުގައި 2.4 ކިލޯ ހުރިކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު، 5.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން ލަފާކުރެއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ޓަކައި، މައްސަލައިގައި އަތުލި މަސްތުވާތަކެއްޗާއި އެ ތަކެތި ހަށިގަނޑުގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު ދެ މީހުން ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން ބުނެ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން މި ދެ މީހުންގެ ރާއްޖެ އައިރު އަރައިގެން ހުރި އިސްޓާކީނުގެ ތެރެއިންނާއި ބޮކްސާ ތެރެއިން ޑްރަގް ފެނިފައިވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމަކީ އާންމުވެފައިވާ ކަމެކެވެ. މި ފަދަ މައްސަލަތަކުގައި ފަތުރުވެރިންނާއި ދިވެހީން ވެސް ހައްޔަރުކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved