ހައްޔަރު ކުރި މީހާ / ޕޮލިސް
ހަބަރު
ބަނގުރަލުގެ ވިޔަފާރި ހިންގާ މީހަކު ހައްޔަރު ކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
29 ޑިސެމްބަރު 2024
މާލެ ސިޓީ

ބަނގުރަލާއެކު ދިވެއްސަކު މާލެއިން މިރޭ ހައްޔަރުކޮށްފި އެވެ.

މާލޭ މަޖީދީ މަަގުގެ ދުވާރެއްގެ މައްޗަށް މީހަކު ވައްޓައިލައި، އޭނާ ގިނަ ބަޔަކު އޭނާ ހިފަހައްޓާ ވީޑިއޯއެއް މިރޭ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ބުނީ، އެއީ މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ގައްދޫ ރެޑްމާގެ، މުހައްމަދު އަޒްހަމް ސައީދު އެެވެ.

އޭނާ ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޭނާ ދުއްވި ސައިކަލު ބަލާ ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.


ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved