ފަޒުލް އާއި ފަޒީލްގެ ލޭގެ ގުޅުމުން ތިލަވި "ވަގު ގޯތީ"ގެ ބޮޑު ވައްކަން! / ތޭރަ އޮންލައިން
ހަބަރު
ވަގު ގޯތި މައްސަލައިގައި ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޑިސެމްބަރު 2024
މާލެ ސިޓީ

"ބިންވެރިޔާ" ސްކީމްގެ ދަށުން ނުހައްގުން "ވަގު ގޯތި" ދިން ކަމަށް ބެލެވޭ މައްސަލައިގެ ތުހުމަތުގައި ޕާސްޕޯޓް ހިފަހެއްޓި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.

ފުލުހުން މިއަދު ބުނީ ގެ މައްސަލައާ ގުޅިގެން ޕާސްޕޯޓު ދޫކޮށްލި ނުވަ މީހުންގެ ތެރޭގައި ފަޒުލް އަދި ފަޒީލް ނުހިމެނޭ ކަމަށެވެ.

ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ފަޒީލްގެ ބޭބެ އަދި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. މި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް ކަމަށް ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރަނީ ފަޒީލަށެވެ.

ހުޅުމާލޭ ފްލެޓާއި ގޯތި މައްސަލާގައި ޕީޖީ އައްބާސް ޝަރީފްގެ އެންގެވުމަކަށް އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ ހިންގަމުންނެވެ.

ގޯތި ވައްކަމުގެ މައްސަލަ ސަމާލުކަމަށް އައީ ފަޒީލް ރަޝީދުގެ ޝަރުތުހަމަނުވި ނަމަވެސް، އޭނާއަށް ގޯތި ދީފައިވާ ލިޔެކިޔުމެއް ސޯޝަލް މީޑިއާއަށް ލީކުވުމާ ގުޅިގެންނެވެ.



ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved