March 13, 2026
Advertisement
ވައްޑެ ވަނީ ސަރުކާރުން ރާއްޖެ، ވަގު ވިޔަފާރީގެ ހާއްޔަކަށް ހަދަން ފުރުސަތު ދޭތީ ނުރުހުން ފާޅުކުރައްވާފައި
ވައްޑެ ވަނީ ސަރުކާރުން ރާއްޖެ، ވަގު ވިޔަފާރީގެ ހާއްޔަކަށް ހަދަން ފުރުސަތު ދޭތީ ނުރުހުން ފާޅުކުރައްވާފައި / ތޭރަ އޮންލައިން

ސަރުކާރުން ރާއްޖެ، ވަގު ވިޔަފާރީގެ ހާއްޔަކަށް ހަދައިފި: ވައްޑެ

Mariyam Isaadha
މަރިޔަމް އިސާދާ
Dec 30, 2024, 08:59 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން، ދިވެހިރާއްޖެ ވަގު ވިޔަފާރީގެ ހާއްޔަކަށް ހަދާފައިވާ ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި، ގައުމުގެ އިގްތިސޯދީ ހާލަތަށް ނަޒަރު ހިންގާލާ ރޭގެ ސްޕީކަރ ނޫރު ދެއްކެވި ވާހަކައަށް އޯޑިއެންސްގައި އިންނަވާ ވާހަކަ ދައްކަވަމުން ވައްޑެ ވަނީ ސަރުކާރުގެ ތެރެއިން އިގްތިސޯދާ ގުޅުން ހުރި ކަންކަމުން ވެސް ބޮޑެތި ވައްކަންތައް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ވައްޑެ ވަނީ ބަންކަރިން ޚިދުމަތް ދޭން ކަމަށް ބުނެ ބާ ދަނގަޑަށް ވެސް ކިރަން ކަމުނުދާނެ ވަރުގެ ބޯޓުތަކެއް ބޮޑު އަގު ދީ ގެނެސް އެ ބޯޓުތައް ބޭނުންކުރަމުން ދަނީ ފެން އަޅާފައި ބަހައްޓަން ކަމަށާ ބޯތުތައް ރާއްޖެ ސަރަހައްދުން ނުކުމެ ވަކި ހިސާބަކުން ބޯޓުތަކުގެ ލޮކޭޝަން އޮފްކޮށްލާ ކަމަށެވެ. އޭގެ ފަހަތުގައި ވެސް އޮންނަނީ ރައްޔިތުންނަށް ބޯޓުތަކުގެ މިސްރާބު އޮޅުވާލުން ކަމަށާ ހަމަ އެ ބޯޓުތައް ނެވިގޭޝަނަލް ރާޑަރ އޮފް ކޮށްލުމަށްފަހު އިރާންގެ ތެޔޮ ބޯޓުތަކަށް ލޯޑްކުރުމަސް ފަހު ރާއްޖެ ސރަހައްދުގައި ތެލުގެ ވަގު ވިޔފާރިކުރާކަމަށާ މިކަން އެސްޓީއޯއިން ކަސްޓަމްސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

ފެން ޕްލާންޓު އެ ބަންކަރިން ބޯޓުތަކުގައި ގާއިމު ކުރީ. އެއަށް ފަހު ދެން މިކުރާ ކަމަކީ ރާއްޖެިން ނުކުތުމަށް ފަހު ރާޑަރު އޮފް ކޮށްލާ. މިއަދު މައުލޫމާތު ލިބިނު ގޮތުގައި މި ބޭފުޅުން މި ކުރާ ކަމަކީ އިރާންގެ ތެޔޮ މި ބޯޓުތަކަށް ބަރުކޮށްގެން ރާއްޖެ ސަރަހައްދަށް އައިސް ތެލުގެ ވަގު ވިޔަފާރި މިކުރަނީ. މިކަން ދޮގެއް ނުކުރެވޭނެ. މީގެ އަޑީގައި ތިބީ ރޯޒް މިނިސްޓަރާ މިހާރުގެ ހެލްތު މިނިސްޓަރު ނާޒިމްއާ އަދި ނާޒިމްގެ ގާތް މީހެއްކަމުގައި ހުރި ކަސްޓަމްސްގެ ޑެޕިއުޓީއަކަށް އުޅޭ އަބްދުﷲ ކިޔާ މީހަކާ. އަބްދުﷲ އަކީ އެމްޑީޕީ ވެރިކަމުގައި ތުހުމަތު ކުރެވި ސަސްޕެންޑް ކޮށްފައި ހުރި މީހެއް. މިކަން އެސްޓީއޯއިން ކަސްޓަމްސްގެ ސަމާލުކަމަށް ގެނެސް ސިޓީއެއް ވެސް ފޮނުވާފައިވޭ. މިއީ ރާއްޖެއަކި ވަގު ވިޔަފާރިކުރުމަށް ހުޅާވާ ދޮރަކަށް ހަދާ ހެދުމެއް. މިހެން މިކަން ވެގެން ނުވާނެ.

ވައްޑެ

ވައްޑެ ވިދާޅުވީ އެމްޑީޕީގެ ވައްކަމުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، އެމަނިކުފާނުގެ ސަރުކާރުން ގެންދަީ އެއަށް މޮޅަށް އެއަށް ވުރެ ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިންގާ ވައްކަން ކުރަމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved