މަޖިލިސް މެމްބަރު ބޮންޑެ / މަޖިލިސް
ސިޔާސީ
ފްލެޓް ނުދީފިނަމަ ރައީސް ވެރިކަމުން ބާލާނަން: ބޮންޑެ
Aishath Naja
އައިޝަތު ނަޖާ
07 ފެބްރުއަރީ 2024
މާލެ ސިޓީ

ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްތައް ހިފަހައްޓައި، ނުދީފިނަމަ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން ބާލާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުއްވެއްޖެއެވެ.

މަޖިލީހުގެ ގަލޮލޫ އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ހުށަހެޅި "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓް ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ފްލެޓް ދޫކުރުމަށް" ގޯވަލައި ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ނަމަވެސް ރައީސް މުއިއްޒު އުޅުއްވަނީ ގޯއްޗާއި ފްލެޓް ނުދޭން ކަމަށް ބޮންޑެ ތުހުމަތު ކުރެއްވިއެވެ. އަދި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ނުދީފިމަ ރައީސް މުއިއްޒު ވެރިކަމުން ބާލާނެ ކަމަށް ބޮންޑެ ވަނީ ވިދާޅުވެ ރައީސަށް އިންޒާރުދެއްވާފައެވެ.

އަޅުގަނޑު މި ދަންނަވަނީ މިކަން ކުރާށޭ. ނުކޮށްފިނަމަ ހަމަ ކުރީ ސަރުކާރުހެން މުއިއްޒު ވެރިކަމުން ބާލާނަމޭ. މިއީ ސީރިއަސްކޮށް ދައްކާ ވާހަކައެއް

- ބޮންޑެ

ބޮންޑެ ވިދާޅުވީ، ނަފްސާނީ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އަސްލަކީ ދިރިއުޅެވޭނެ ތަނެއް ނެތުން ކަމަށާއި އެހެންކަމުން އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

އަދި މިހާރު ފްލެޓް މައްސަލަ އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ކޮރަޕްޝަންގެ ކޮމިޝަނެއް ކަމަށާއި އެތަން އުވާލަން ޖެހޭ ކަމަށް ވެސް ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑެ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved