March 24, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

ރައީސް މުއިއްޒު ސަރުކާރުގެ ތަރައްގީ ފައިބަނީ ބިމު އަޑިއަށް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 1, 2025, 10:09 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފައިބަނީ ބިމު އަޑިއަށް ކަމަށް ވިދާޅުވެ ސަރުކާރުގެ ސްޕީޑާ މެދު ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރެއްވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ގައުމުގެ ކަންކަން ހިނގަމުންދާ މަގަށް ނަޒަރު ހިންގަވާލައްވާ އޯޑިއެންސްގައި އިންނަވާ ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ މި ސަރުކާރުން ވަރަށް ގިނަ ތަރައްގީ ގައުމަށް ގެނެސްފި ރައީސް މުއިއްޒާ ސަރުޚާރުން ވެސް ހާމަކުރަމުންދާއިރު އެއިން ތަރައްގީއެއް ލޯމައްޗަށް ފެންނަން ނެތުމަކި ހައިރާންވާ ކަމެއް ކަމަށެވެ. މަލީހު ވިދާޅުވީ އެ ތަރައްގީ ދިވެހިންގެ ލޯމައްޗަށް ނުފެންނަނީ ފަހަރުގައި އެއީ ބިމު އަޑިއަށް ނުވަތަ ކަނޑު އަޑިއަށް ފައިބާ ތަރައްގީއަކަށް ވުމިން ކަމަށްވެސް ވެދާނެ ކަމަށެވެ. ނުވަތަ އެއީ ތަރިކަ ވަޒީރު ވިދާޅުވާ ފަދައިން މައުނަވީ ތަރައްގީއަށް ވުމުން ކަމަށްވެސް ވުން އެކަށީގެންވާ ކަމަށް ވިދާޅުވެ މަލީހު ވަނީ ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ގައުމުގައި ޕީއެސްއައިޕީ މަޝްރޫއެއް ހިންގިފައިނުވާތި އެކަމަށް ފާޑުވިދާޅުވެފައެވެ.

މިއަދުގެ ހާލަތަކީ ދައުލަތަށް ލިބޭ އާމްދަނިގެ 40 އަށް ވުރެ ގިނައިން ސައްތަ މުވައްޒަފުންގެ މުސާރައަށް ހޭދަކުރަން ޖެހުން. ލޯނު ނަގައިގެން މިކަންކަން ކުރަންނާ ނޯންނާނެ ތަރައްގީގެ މަޝްރޫއެއް ހިންގޭކަށް. ރައީސް ސޯލިހުގެ ސަރުކާރުގައިވެސް ތަރައްގީ ވީ ނުފެންނަ އަތް ނުލެވޭ އެއްޗަކަށް. ކޮންކްރީޓަކީ ތަރައްގީއެއް ނޫން ކަމަށް ވަނީ. ދެން ރައީސް މުއިއްޒުވެސް އެބަ ވިދާޅުވޭ ވަރަށް ގިނަ ތަރއްގީ ކުރިއަށް ގެންދާ ކަމަށް. ބައެއް ބޭފުޅުން އެބަ ސިފަކުރޭ ރައީސް މުއިއްޒުގެ ތަރައްގީ ބިމަށޭ މި ފައިބަނީ. އަޑިއަށްދާތީއޭ ނުފެންނަނީ. ފަލަމަޑީގެ ބާވަތާ ވައްތަރީ. ތަރިކަ އާ ބެހޭ މިނިސްޓަރު އެބަ ވިދާޅުވޭ ދެ ވައްތަރެއްގެ ތަރައްގީއެއްގެ ވާހަކަ. މާއްދީ ތަރައްގީއާ މައުނަވީ ތަރައްގީ. މި ފަސް އަހަރު އެހެންވީމަ އަޅުގަޑުމެންނަށް ފެންނަނީ މައުނަވީ ތަރައްގި އެ ލޮލަށް ނުފެންނާނެ އަތެއް ނުލެވޭނެ.

މަލީހު

މަލީހު އިތުރަށް ވިދާޅުވީ ތަރައްގީ ނުފެނުނު ނަމަވެސް ދައުލަތުގެ ބަޖެޓާ ޚާޒާނާގައި ހުރި ފައިސާ ހުސްވަމުންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved